ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/151)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
މި ކޯޕަރޭޝަން އަށް ބޭނުންވާ ތަކެތި ސަޕްލައި އަދި ޑެލިވަރ ކުރުމަށް ބޭނުންވެއެވެ. ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި އިއުލާނާއި ގުޅިގެން ޕްރިޕޯސަލް ހުށަހެޅޭނީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 02 ނޮވެމްބަރ 2021 (އަންގާރަ) ދުވަހުގެ 10:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv