ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2021/62
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 11:46
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓްރީނުކޮށް އިމްޕޯޓް މުދާ ވިއްކާމައްސަލަ

                           މިހާރަކަށް އައިސް ބައެއް ފަރާތްތަކަކުން ރަޖިސްޓްރީނުކޮށް، އޮންލައިން ޕްލެޓްފޯމްތަކުގައި އިމްޕޯޓްމުދާ ވިއްކަމުންދާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެކެވެ.

                        ވީމާ، ވިޔަފާރި ރަޖިސްޓްރީ ނުކޮށް އޮންލައިން ޕްލެޓްފޯމްތަކުގައި އިމްޕޯޓް މުދާ ވިއްކާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީކުރުމަށް ނަސޭހަތްތެރިވަމެވެ. ވިޔަފާރި ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލަށް ހުށަހަޅައިގެން ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ https://business.egov.mv/ ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

31 އޮކްޓޫބަރު 2021