ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މުވައްޒަފަކު ހޯދުން:
މިރަށު މިސްކިތްތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދާއިމީ މަސައްކަތު މުވައްޒަފުން ސަލާމް ނުވަތަ ޗުއްޓީ ނެންގެވުމުން ނުވަތަ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން މަސައްކަތްކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް ސިޓީ ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ބޭނުންވާ މަޤާމް: މަސައްކަތު ( ފިރިހެން / އަންހެން )
މަޤާމުގެ ޝަރުތާއި މުސާރަ:
# |
މަޤާމް |
ވަޒީފާގެ ޝަރުތު |
އުޖޫރަ ދެވޭގޮތް |
1 |
މަސައްކަތު |
ލިޔަންކިޔަން ދަތުން ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ.) |
45 (ސާޅީސް ފަސް ރުފިޔާ ) މަސައްކަތް ކުރައްވާ ކޮންމެ ގަޑިއިރަކަށް |
މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2022 އަށް
މަސައްކަތްކުރައްވަންޖެހޭ މިސްކިތް: މިރަށުގެ މިސްކިތްތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި
ވީމާ މިމަޤާމަށް ކުރިމަތިލައްވާ، ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 09 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިންއެމަޤާމަށް އެދި އައިޑީ ކާޑުގެ ކޮޕީ، ނުވަތަ ޕާސްޕޯޓްގެ ކޮޕީ، ލިބިފައިވާ ސަނަދުތަކުގެ ކޮޕީއާއި އެކު، ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަމްބަރ 6600004 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@kendhoo.gov.mv އަށެވެ.
މިހެންވެ މިކަންޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.