މަސައްކަތް
ނަންބަރު: A/IUL/344/2021/50
ޕަބްލިޝްކުރި ތާރީޚް: 11 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 24 ނޮވެންބަރު 2021 10:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ހުޅަނގުކޮޅުގައިވާ ފެންޑާ މަރާމާތުކޮށް، މީޓިންގރޫމަކާއި ގަރާޖެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް:

                                                         ނަންބަރު: A/IUL/344/2021/50

ޢިއުލާން

 

                          އއ.ފެރިދޫ ކައުންސިލްގެ އިދާރާގެ ހުޅަނގުކޮޅުގައިވާ ފެންޑާ މަރާމާތުކޮށް، މީޓިންގރޫމަކާއި ގަރާޖެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                          މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2021 ނޮވެމްބަރ 11 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 ނޮވެމްބަރ 17  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން info@feridhoo.gov.mv އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ނޮވެމްބަރ 24 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                          މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2021 ނޮވެމްބަރ 17 ވާ  ބުދަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން info@feridhoo.gov.mv އަށް މެއިލް މެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                          06 ރަބީޢުލްއާޚިރު 1443

11 ނޮވެންބަރު 2021