ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ނަމްބަރު GS-65-A/IUL/2021/54 (31 އޮކްޓޯބަރު 2021) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ސްކޫލް ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުން
2021 އޮގަސްޓް 22 ގައި ސްކޫލް ބޯޑްގެ ދައުރު ހަމަވެފައިވާތީ، ކުރިއަށް އޮތް 2 އަހަރަށް ސްކޫލްބޯޑް އެކުލަވާލުމަށްޓަކައި، ސްކޫލްބޯޑްގެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- ބެލެނިވެރިންގެ 02 މެމްބަރުން
2- މުދައްރިސުންގެ ތެރެއިން 1 މެމްބަރު
މެމްބަރަކަށް ވުމުގެ ޝަރުޠުތައް:
(ހ) ބެލެނިވެރިންގެ ޝަރުޠުތައް:
1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން.
2 ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
3 ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނުނ
އަދަބު މަޢާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.
4- ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.
5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.
6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.
7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.
(ށ) ޓީޗަރުންގެ ޝަރުޠުތައް:
1- ޓީޗަރެއްކަމުގެ މަސްއޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން.
2- ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
ވީމާ، މިމަޤާމުތަކަށް ކުރިމަތިލެއްވުމަށްއެދޭ ފަރާތްތަކުން "ސްކޫލްބޯޑްގެ މަޤާމްތަކަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 18 ނޮވެންބަރު 2021 އަންގާރަ ދުވަހުގެ މެންދުރުފަހު 12:45ގެ ކުރިން
ސްކޫލްއޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ލިބެންހުންނާނީ ސްކޫލުގެ އޮފީހުންނެވެ.