ބީލަން
ނަންބަރު: (IUL)425-A2/1/2021/279
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 30 ނޮވެންބަރު 2021 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ވިލިމާލޭގެ މިސްކިތްތައް 01 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް،

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ވިލިމިލޭގެ މިސްކިތްތައް އަމިއްލަ ތަކެތީގައި، 01 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަން ރެޖިސްޓަރ ކުރުން

21 ނޮވެމްބަރ 2021

14:00

ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް އަށް މެއިލް ފޮނުއްވުންbids@malecity.gov.mv

މަޢުލޫމާތު ސާފުކުރުން

24 ނޮވެމްބަރ 2021

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

30 ނޮވެމްބަރ 2021

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

  • ބީލަމުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-އެމްއިލް: bids@malecity.gov.mv އަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 21 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ   ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: bids@malecity.gov.mv 

09 ރަބީޢުލް އާޚިރާ 1443

14 ނޮވެމްބަރ 2021

14 ނޮވެންބަރު 2021