ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2021/222
އިޢުލާން
މީހުން މޮނިޓަރ ކުރުމަށްޓަކައި އިލެކްޓްރޯނިކް ނިޒާމް ޤާއިމު ކުރުމަށް ބޭނުންވާ ތަކެއްޗާއި، އެ ޚިދުމަތް ޤާއިމުކޮށްދިނުމާއި، އަދި ޓްރޭނިންގ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން ތިރީގައިމިވާ މަޢުލޫމާތުތައް procurement@homeaffairs.gov.mv އަށް މެއިލް ކުރައްވާ ބީލަމުގައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
- ބީލަމުގެ ނަމާއި އިޢުލާނު ނަންބަރު
- އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި/ އަމިއްލަ ފަރުދެއްނަމަ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް
- ބީލަން ހުށަހަޅާ ފަރާތް ތަމްސީލުކުރާނެ ފަރާތުގެ ނަމާއި މަޤާމު/ އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
މި ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 24 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 1:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.