ވަޒީފާގެ ފުރުޞަތު
ނަންބަރު: 57-K/IU/2021/ 70
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 05 ޑިސެންބަރު 2021 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                     އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

 MS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ކޯޕަރޭޓް ސަރވިސް ސެކްޝަން

ކްލެސިފިކޭޝަން

 ސީނިއަރ އޮފިސަރ

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ/ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ/ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ވެރިއެއްގެ ލަފައާ އިރުޝާދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގޭގެ "އެޑްމިން އެންޑް އެޗް.އާރ" އަދި "ބަޖެޓް އެންޑް ޕްރޮކިއުމަންޓް" ޔުނިޓްގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމާއި ތަނުގެ މާލީ އެންމެހާ ޒިންމާތައް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިނގާކަން ކަށަވަރުކުރުން،
  • އޮފީހުގެ މަސައްކަތާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ޙާސިލްކުރުން،
  • އޮފީހުގެ އިދާރީ މަސައްކަތްތައް އޮފީހަށް ފައިދާވާނެގޮތަށް ދުރާލައި ރާވާހިންގުން،
  • މުވައްޒަފުންގެ މުސާރަ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ލަސްނުކޮށް މުސާރައިގެ ކަންތައްތަކުގެ އިންތިޒާމް ހަމަޖައްސައި، މުސާރާ ކަނޑައެޅިފައިވާ ދުވަހުގެ ކުރިން ދެވޭނެކަން ކަށަވަރުކުރުން،
  • އޮފީހުން ފޮނުވާ އަދި ލިބޭ ލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން،
  • މުވައްޒަފުންގެ ހާޒިރީއާއި ސަލާމާއި ޗުއްޓީ ރިކޯޑްތައް ބަރާބަރަށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން،
  • ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން،
  • ކޯޕަރޭޓް ސަރވިސް ސެކްޝަންގެ "އެޑްމިން އެންޑް އެޗް.އާރ" އަދި "ބަޖެޓް އެންޑް ޕްރޮކިއުމަންޓް" ޔުނިޓްގެ މުވައްޒަފުންނާއި ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ކުރޭތޯ ބަލައި ދޭންޖެހޭ އިރުޝާދުދިނުން،
  • ޖެމްސް، އީމެއިލް އަދި އެހެނިހެން ގޮތްގޮތުން އޮފީހަށް ލިބޭ ސިޓީތަކާއި ލިޔުންތައް ދުވަހަށް އެންޓްރީކޮށް، ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން އަދި
  • އަހަރީ ރިޕޯޓާއި އެނޫންވެސް ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

އުޖޫރަ:

 މަހަކު -/6,250 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

  • ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2،500 ރުފިޔާ
  • ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 ލިބޭނެ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   24 ނޮވެންބަރު 2021 އިން 5 ޑިސެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 5 ޑިސެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

23 ނޮވެންބަރު 2021