މަސައްކަތް
ނަންބަރު: 57-F/ML/IU/2021/66
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 18:45
ސުންގަޑި: 19 ޑިސެންބަރު 2021 11:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

              އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލައްވާފައިވާ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ޚިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވެއެވެ.

            ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދެންނެވިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 30 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީމެއިލް، Public.accounts_committee@majlis.gov.mv އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން.

ކޮޕީ: shabana.rasheed@majlis.gov.mv

ޝައުޤްވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 66 / 2021 / އައި.ޔޫ / އެމް.އެލް / އެފް - 57

ކުންފުނި/ ވިޔަފާރީގެ ނަން:

ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު:

އީމެއިލް އެޑްރެސް:

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 01 ޑިސެންބަރު 2021 ވާ ބުދަ ދުވަހު ދުވަހުގެ 11:00 ގައި

ޕްރީބިޑް މީޓިންގ

ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ތާރީޚާއި ގަޑި: 19 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި

 

23 ނޮވެންބަރު 2021