ދިވެހިރާއްޖެ
މާލޭ ސިޓީ ފެހި ކުރުމާއި، ޕާކުތަކާއި މައިޒާންތައް ލޭންޑް ސްކޭޕިންގ ހަދައި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން މިމަސައްކަތް 01 އަހަރު ދުވަހަށް މިއިދާރާއަށް ކޮށްދޭނެ ޓީމެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.
ޓީމްގައި ހިމެނެން ޖެހޭ ފަރާތްތައް.
- 01 ގާރޑެނިންގ ސްޕެޝަލިސްޓް
- 01 ފީލްޑް މެނޭޖަރ
- 01 ފީލްޑް ސުޕަވައިޒަރ
|
ތާރީޚް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
06 ޑިސެމްބަރ 2021 (ހޯމަ) |
11:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
ޕްރޮޕޯސަލް ހުށަހެޅުން |
13 ޑިސެމްބަރ 2021 (ހޯމަ) |
11:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025407 / އީމެއިލް: bids@malecity.gov.mv
27 ރަބީއުލް އާޚިރާ 1443
01 ޑިސެމްބަރ 2021