ދިވެހިރާއްޖެ
1. މި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ޕްލޭގްރައުންޑަށް އެޅުމަށް ބޭނުންވާ 600 ގޯނި ދޮންވެލި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 08 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލަށް އަގު ހުށަހެޅުއްވުން އެދެމެވެ. އީމެއިލުން ހުށަހަޅުއްވާނަމަ admin@uligamuschool.edu.mv އަށް އަގު ހުށަހަޅާ ފޯމް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.
3. މި މަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 07 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އުލިގަމު ސްކޫލުގެ އީމެއިލް އެޑްރެސް admin@uligamuschool.edu.mv އަށް ފޮނުއްވުން އެދެމެވެ. ފޯނުން ގުޅުއްވާނަމަ 6500548 ނުވަތަ 9171052 ނަންބަރާ ގުޅުއްވުން އެދެމެވެ.
4. މަސައްކަތަށް އަގު ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި admin@uligamuschool.edu.mv އަށް އީމެއިލް ކުރެއްވުމުންވެސް ފޯމު ފޮނުވައިދެވޭނެއެވެ.
5. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދާނީ މަސައްކަތްކުރާ ފަރާތުންނެވެ.
01 ޖުމާދަލްއޫލާ 1443