ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:42
ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ކެންދޫ ސްކޫލުގެ ސާރވިސް ޗާޓަރ

 


`

 

 

ކެންދޫ ސުކޫލް

ބ. ކެންދު / ދިވެހިރާއްޖެ

 

 

 

ސާރވިސް ޗާޓަރު

 

2021

ތަޢާރަފް

ކެންދޫ ސުކޫލްގެ ނަމުގައި، ހިނގަމުންދާ މިސުކޫލަކީ 30 މާރޗް 1977ގައި ރަޖިސްޓްރީކުރެވި، 11 މެއި 1977ން ފެށިގެން މިއަދާހަމައަށްވެސް ހިނގަމުންދާ ސުކޫލެކެވެ. މިސުކޫލުގެ ކިޔެވުން ފެށިގެން އައީ ޖުމުލަ 70 ދަރިވަރުންނާއެކުއެވެ. އެއީ ފިރިހެން 40 އަދި އަންހެން 30 ދަރިވަރުންނެވެ.

އަމާޒު

ސުކުލު ނިންމާ ކޮންމެ ދަރިވަރަކީވެސް، އިސްލާމް ދީނުގެ އާއްމު އުސޫލުތަކަށް ތަބާވާ، ގައުމިއްޔަތުގެ އަގުކުރުންތަކުން ޖަރީވެ، ޖަމައީ ވެއްޓަށް ފަރިތަކަމާއެކު، ފައިތިލަ ސާބިތުކުރެވޭނެ ދަރިންތަކެއް މުޖުތަމައަށް ނެރުން.

އަޅުގަނޑުމެންގެ ނަޡަރިއްޔާތު

އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކޮންމެ ދަރިވަރަކީވެސް އިލްމާއި ހިލްމު ހާސިލްކުރެވޭނެ، އަދި އެކަންކަމުން އުފެއްދުންތެރި މަސައްކަތެއް ކުރެވޭނެ ކުދިބަޔަކެވެ.

ތަސައްވަރު

އިސްލާމް ދީނާއި، ދިވެހިންގެ ސަގާފަތާއި އާދަކާދައަށް ލޯބިކުރާ، އަޚްލާގު ރަގަޅު، ޒިންމާދާރު، މުޖުތަމައަށް ފައިދާކުރަނިވި، ތައުލީމީ ޤާބިލް ދަރިންތަކެއް އުފެއްދުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކެންދޫ ސުކޫލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޗާޓް

#

ޚިދުމަތް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

1

ރިސެޕްޝަންގެ ޚިދުމަތް

    ހިނިތުންވުމާއެކު ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން.

2

ފޯނަށް ޖަވާބުދާރީވުން

    އޮފީހުގެ ރަސްމީ މަސައްކަތު ގަޑީގައި، 3 ރިންގުން ފޯނުނެގުން.

    މަރުހަބާ ކިޔުމަށްފަހު، މުވައްޒަފުގެ ނަމާއި މަގާމް ބުނެދިނުން އަދި ބޭނުންވާ ކަމަކަށް އެޓެންޑުވުން.

3

ލިބޭ ސިޓީ، މެސެޖް އަދި މައްސަލަތަކަށް ޖަވާބުދިނުން

    ދުވަހުން ދުވަހަށް ޖަވާބުދެވޭ ފަދަކަންކަމުގައި، އެދުވަހު ޖަވާބުދިނުން. (ސަރުކާރުގެ އިދާރާތަކަށް)

    އަމިއްލަ ފަރާތްތަކަން ފޮނުވާ ސިޓީ އަދި ހުށަހެޅޭ މައްސަލަތަކަށް ރަސްމީ މަސައްކަތު 3 ދުވަސްތެރޭގައި ޖަވާބުދިނުން.

    އެހެން އިދާރާއެއްގެ ލަފައެއް ނުވަތަ މަޝްވަރާއެއް ބޭނުންވާފަދަ މައްސަލަތަކުގައި، އެންމެ ލަސްވެގެން ރަސްމީ 7 ދުވަސްތެރޭގައި ޖަވާބުދިނުން.

4

ދަރިވަރުން ސުކޫލަށްވެއްދުން

    ދަރިވަރުން އަލަށް ސުކޫލަށްވައްދަން އެދޭނަމަ، ސުކޫލަށް ދަރިވަރުވެއްދުމަށް އެދޭ ފޯރމު ސުކޫލުގެ އޮފީހުންނެންގެވުމަށްފަހު، ދަރިވަރުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ދަރިވަރުގެ ވެކްސިންކާޑުގެ ކޮޕީ އަދި ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށައެޅުން.

    ފޯރމު ހުށަހަޅުއްވާއިރު، ވެކްސިން ކާޑު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އޮރިޖިނަލް ގެންނެވުން.

    އެހެން ސުކޫލަކުން ކެންދޫ ސުކޫލަށް ވަންނަން އެދޭ ދަރިވަރުން އެކަމަށް ރިކުއެސްޓްކުރުން.

    ލިބިފައިވާ ރިކުއެސްޓް ރަސްމީ 3 ދުވަހުގެ ތެރޭގައި އެޕްރޫވްކުރުން.

5

ދަރިވަރުންގެ ލީވިންގް ދޫކުރުން

    ދަރިވަރުންގެ ލީވިންގ ހޯދުމަށްޓަކައި، ލީވިންގއަށް އެދޭ ފޯމު ރިސެޕްޝަނުން ނެންގެވުމަށްފަހު، ފުރާފައިވާ ފޯމު ހުށަހަޅާ ތާރީހުންފެށިގެން ރަސްމީ 3 ދުވަސްތެރޭގައި، ލީވިންގ ދޫކުރުން.

    ލީވިން ސެޓްފިކެޓް ހޯދުމަށް ހުށަހަޅުއްވާއިރު، ދަރިވަރުންނަށް ސުކޫލުން ހަވާލުކޮށްފައިވާ ތަކެތީގެ ތެރެއިން އަނބުރާ ދައްކަންޖެހޭ ތަކެތި ދެއްކުން.

6

އިމާރާތާއި ތަކެތި ކުއްޔަށް ހިފުން

    ތަކެތި ކުއްޔަށް ހިފުމަށް އެދި، (ސުކޫލުގެ ގޯތިތެރޭގައި ބޭނުންކުރުމަށް) ބޭނުންވާ ތަކެއްޗަށް އެދި ހުށަހެޅުން.

    މިފަދަ ހުށަހެޅުންތަކަށް ރިކުއެސްޓް ފޮނުވާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަސް ތެރޭގައި ޖަވާބުދިނުން.

7

ފައިސާ ބަލައިގަތުން

    ލީވިންގ ސެޓްފިކެޓް އަދި އިމާރާތާއި ތަކެތި ކުއްޔަށްދޭއިރު ދައްކަންޖެހޭ ފައިސާދައްކަވާނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް.

 

ސުކޫލު އޮފީހުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 ން މެންދުރުފަހު 14:00 އެވެ. މި ގަޑިތަކުގައި ތިރީގައިވާ ފޯނު ނަމްބަރަށް ނުވަތަ ސުކޫލް އޮފީހަށް ހާޟިރުވެ އަދި އީމެއިލް މެދުވެރިކޮށް މިއިދާރާއަށް ގުޅޭނެ، އަދި ޝަކުވާ ހުށަހެޅޭނެ. ހުށައެޅޭ ޝަކުވާތަކަށް ރަސްމީ 3 ދުވަސް ތެރޭގައި ޖަވާބުދެވޭނެ.

 

ގުޅުއްވުމަށް 

 

                    

 

ކެންދޫ ސުކޫލް، މަދަރުސާމަގު / ބ. ކެންދޫ

 

 

ފޯނު ނަންބަރު: 6600315               

                   

އީމެއިލް: admin@kendhooschool.edu.mv

                    

ފޭސްބުކް ޕޭޖް: Kendhoo School

 

 

09 ޑިސެންބަރު 2021