ދިވެހިރާއްޖެ
(IUL)297-EP/297/2021/91ނަންބަރު
އިޢުލާން
މަސްވެރިންގެ ހިޔާ އިމާރާތާއި ބިން ކުއްޔަށް ދޫކުރުމާ ބެހޭ
މިހާރު ހޮޓާ، ރެސްޓޯރެންޓް ހިންގުމަށް ހުއްދަ ދެވިފައިވާ 3606.1486 އަކަފޫޓުގެ "މަސްވެރިންގެ ހިޔާ" އިމާރާތާއި ބިން މަހަކު -/10،000 (ދިހަހާސްރުފިޔާ) އަށްވުރެ ކުޑަނޫން އަގަކަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއިމާރާތް ކުށްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ހޮޓާ، ރެސްޓޯރެންޓް ހިންގުމުގެ ވިޔަފާރި ނޫން ވިޔަފާރި އެއް ނުކުރެވޭގޮތަށް 11 ފެބްރުއަރީ 2022 ން 10 ފެބުރުވަރީ 2024 ގެ ނިޔަލަށް 2 އަހަރު ދުވަހުގެ މުއްދަތަކަށްށެވެ. ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ އެންމެ ބޮޑު އަގު އެއްވަރުވެއްޖެނަމަ އަލުން އިއުލާންކުރެވޭނެއެވެ.
މިކަމަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) ކޮމްޕެނީ/އިންވެސްޓްމަންޓް ޕްރޮފައިލް (ބޯޑް އޮފް ޑިރެކްޓަރސްގެ މައުލޫމާތާއެކު)
(ށ) ކޮމްޕެނީ/އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ.
(ނ) ޖީއެސް.ޓީއަށް ޝަރުތުހަމަވާ ފަރާތެއްނަމަ ސެޓްފިކެޓްގެ ކޮޕީ.
(ރ) އިމާރާތް މަހު ކުއްޔަށް ހިފުމަށް ހުށަހަޅާ އަގު ބަޔާންކޮށްފައިވާ (އެތަނެއްގެ ތައްގަނޑު ޖެހި) ލިޔުން. (ވެލިޑިޓީ މުއްދަތަށް 60 ދުވަސް އިންނަންވާނެއެވެ.)
(ބ) ހޮޓާ/ރެސްޓޯރެންޓް ހިންގުމުގެ ތަޖުރިބާލިބިފައިވާނަމަ އެކަން އަންގައިދޭ ލިޔުން.
(ޅ) ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ވެރިފަރާތުން ސޮއިކޮށްފައިވާ ސިޓީ. (ކޮންސެންޓް ލެޓަރ)
(ކ) ބިޑް ހުށަހެޅުމަށް ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އައި.ޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
(ހ) ހުށަހަޅާ ބިޑުތައް އިވެލުއޭޓް ކުރާނީ މިއިދާރާއިން ހޮވާލެވިފައިވާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
(ށ) ބިޑް އިވެލުއޭޝަން ކޮމިޓީއިން އަގުތައް އިވެލުއޭޓްކުރުމަށް ފަހު، ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެކަންއަންގައިދެވޭނެއެވެ.
(ނ) އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
އަންދާސީ ހިސާބު ހުޅުވުން
(ހ) ހުށަހަޅުއްވާ ބިޑްތައް ހުޅުވާނީ 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހު 11:05 ގައި މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާގެ ކޮންފަރަންސް ރޫމްގައި އަގު ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ.
(ށ) އަގުތައް ބަލައިގަންނަ ބައްދަލުވުމުގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
(ނ) އިވެލުއޭޝަން ކޮމިޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަށް ޑިސްކޮލިފައިކޮށް ނަތީޖާ އިޢުލާން ކުރެވޭނެއެވެ.
(ރ) ބިޑް ހުށަހަޅާ އެއްވެސްފަރާތަކުން ބިޑްދޫކޮށްލިނަމަވެސް، ދެންހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކުރުމަށްފަހު އެކަށީގެންވާ ފަރާތައް އެވޯޑްކުރެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
5 ޖުމާދަލްޢޫލާ 1443
9 ޑިސެމްބަރ 2021
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
ކުލި |
90% |
|
(Benchmark Rent / Submitted Rent) x Allocated Percentage |
ތަޖުރިބާ |
10% |
|
(Submitted years of experience / Benchmark years) x Allocated Percentage |