ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2021/243
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:46
ސުންގަޑި: 15 ޑިސެންބަރު 2021 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2021/243:ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-310014

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު/ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް ސަޕޯރޓް ސެކްޝަން / ކ. މާލެ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: ހިއުމަން ރައިޓްސް / ލޯ އެންފޯސްމެންޓް / ސައިކޮލޮޖީ / ސޯޝިއަލް ޕޮލިސީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާކަމުގައިވާނަމަ، ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1,100.00 ރުފިޔާ ލިބޭނެއެވެ.
  3. ސްޕެޝަލް ޑިއުޓީ އެލަވަންސް: 01 ޖަނަވަރީ 2022 އިން ފެށިގެން މަހަކު، މުސާރައިގެ 35% (ތިރީސް ފަހެއްއިންސައްތަ)
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް އަންގަވާ ގޮތުގެމަތިން ސެކްޝަން ނުވަތަ ޔުނިޓްގެ މަސައްކަތްތައް ރާވާ ހިންގުން.
  2. މިނިސްޓްރީގެ އަހަރީ ރިޕޯޓާއި އަހަރީ ބަޖެޓަށް ބޭނުންވާ މައުލޫމާތު ތައްޔާރުކޮށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓަށް ފޯރުކޮށްދިނުން.
  3. ސެކްޝަންގެ މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މިނިސްޓްރީގެ ލަރނިންގ އެންޑް ޑިވެލޮޕްމެންޓް ޔުނިޓާ ހިއްސާ ކުރުން .
  4. ސެކްޝަންގެ އަހަރީ ވާރކް ޕްލޭން އެކުލަވާލައި، ޕްލޭންގައިވާ މަޤްސަދުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  5. ޝަކުވާ ހުށަހެޅެންހުރި ވަސީލަތްތައް (ރިސެޕްޝަނަށް ހުށަހަޅާ ސިޓީ، އީމެއިލްއިން ހުށަހަޅާ ޝަކުވާ، ޖަލު ނުވަތަ ބަންދުމަރުކަޒުތަކުން ސީދާ ރައްދުކޮށްދޭ ސިޓީ، ފޯނުމެދުވެރިކޮށް އަނގަބަހުން ނުވަތަ މެސެޖުން ހުށަހަޅާ ޝަކުވާ، ބައްދަލުކޮށްގެން ހުށަހަޅާ ޝަކުވާ ނުވަތަ މިނޫންވެސް ގޮތަކަށް ހުށަހަޅާ ޝަކުވާ) ޤަވާއިދުން ޗެކްކޮށް، ހުރިހާ ޝަކުވާއެއް އިންސްޕެކްޓަރގެ ސަމާލުކަމަށް ގެނެސް، ވަކިވަކި ކޭސްތަކުގެ ގޮތުގައި އެޝަކުވާތައް ލޮގްކޮށް ކަނޑައެޅިފައިވާ އުސޫލުގެ މަތީން ތަހުޤީގު ކުރުމަށް ސެކްޝަންގެ މުވައްޒަފުންނާ ހަވާލުކުރުން.
  6. ހުށަހަޅާ މައްސަލަތަކުގެ ކޭސްލޮގް ބަލަހައްޓާ، އެ މައްސަލައަކާގުޅިގެން ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ރިކޯޑު ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިޔުމާއި ކޮންމެ ޝަކުވާއެއްގެ ޖަވާބު، ޝަކުވާ ހުށަހެޅިފަރާތަށް ރައްދުވޭތޯ ކަށަވަރުކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް، ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމާއި މުވައްޒަފުންނަށް މަގުދެއްކުން.
  8. ސެކްޝަނުން ބާއްވަން ކަނޑައަޅާ އެކި އެކި ބައްދަލުވުންތައް ރާވައި އިންތިޒާމުކޮށް އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުން.
  9. ސެކްޝަންގެ މަސައްކަތްތަކާއިގުޅިގެން ތައްޔާރުކުރަންޖެހޭ އުސޫލުތަކާއި ޕްރޮސީޖަރ މެނުއަލްތައް ތައްޔާރުކުރުން.
  10. ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅިގެން އެކުލަވާލާ ޤަވާއިދުތަކާ އުސޫލުތައް މުރާޖައާކުރުމުގައި ކަމާގުޅޭ މުވައްޒަފާއެކު މަސައްކަތްކޮށް، ފާހަގަވާ މައްސަލަތައް ދެނެގަތުމާއި،  ޤަވާއިދުތަކާ އުސޫލުތައް މުރާޖައާކުރުމުގައި އިންސްޕެކްޓަރަށް ލަފާދިނުން. 
  11. ޝަކުވާ ހުށަހެޅުމުގެ ނިޒާމާއި ޝަކުވާތައް ބެލުމުގައި ޢަމަލުކުރާ ނިޒާމު ހަރުދަނާކޮށް ޒަމާނީކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްއަށްދިނުމާއި ހުށަހެޅޭ މައްސަލަތަކާއި އެމައްސަލަތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުން.
  12. ޖަލުތަކުގައި ގައިދީންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާ ގުޅޭގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ހުށަހެޅޭ ޝަކުވާ ތަކުގެ ޓްރެންޑްތަކާއި އެ ޓްރެންޑްތަކަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންކަމާގުޅޭގޮތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސްއަށް ދޭންޖެހޭ ލަފައާއި މަޝްވަރާދިނުން.
  13. ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓް ރިޕޯޓް (2019)ގައި އިސްލާހުކުރަން ހުށަހަޅާފައިވާ ކަންކަން ކުރެވެމުން އަންނަ ގޮތް އެހުށަހެޅުމެއް ރައްދުވާ އިދާރާތަކުން ހޯދާ، އަދާހަމަކުރަމުން ގެންދިއުން. އަދި ހުށަހެޅުންތަކާމެދު ގޮތް ނިންމަން މިނިސްޓަރ އެކުލަވާލާފައިވާ ޕްރިޒަންސް އޯޑިޓް ރިވިއު ކޮމިޓީގެ ސެކްރެޓޭރިއެޓް ރޯލު އަދާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުނ
  14. މޮނިކޮން ރިވިއު ކޮމިޓީގެ ސެކްރެޓޭރިއެޓް ރޯލު އަދާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  15. ޖަލުތަކުގައި ގައިދީންނަށް ދިމާވާ ޞިއްޙީ/ނަފްސާނީ މައްސަލަތަކާއި އަދި މިނޫންވެސް ޤައިދީންނާއި ބަންދުމީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާ ގުޅޭގޮތުން ޤައިދީންނާއި ޤައިދީންގެ ޢާއިލާގެ ފަރާތުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާ މައްސަލަތައް މިނިވަންކަމާއެކު އަޑުއަހައި އެ ޝަކުވާތައް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ އިރުޝާދާއެއްގޮތަށް އަވަސް މިނެއްގައި ތަޙްޤީގު ކުރުމާއި މައްސަލަހުށަހެޅި ފަރާތަށް ޖަވާބުދިނުނ
  16. ޖަލެއް ނުވަތަ ބަންދުމަރުކަޒެއްގައި ހުރި މީހަކު މަރުވެއްޖެނަމަ ނުވަތަ މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، އެކަން ހިނގާފައިވާ ގޮތް މިނިވަންކަމާއެކު ބަލައި ތަހުޤީޤުކޮށް މިނިސްޓަރަށް ރިޕޯޓްކުރުމުގައި އިންސްޕެކްޓަރަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންކަންކުރުން.
  17. ޤައިދީނާއި ބަންދުމީހުން ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން، ފާހަގަ ކުރެވޭ މައްސަލަތައް ދެނެގަތުމާއި އެކު އެކަންކަމަށް ހައްލު ހޯދުމަށް ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްކުރުން.
  18. ޖަލުތަކުގައި ގައިދީންނަށް ދިމާވާ ޞިއްޙީ/ނަފްސާނީ މައްސަލަތަކާއި އަދި މިނޫންވެސް ޤައިދީންނާއި ބަންދުމީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ތަޙުޤީގު ކުރުމުގައި ސެކްޝަންގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ނަފްސާނީ އަދި ސިއްހީ ނަޒަރިއްޔާތަކުން އެ މައްސަލަ ދިރާސާކޮށް ސެކްޝަންގެ މުވައްޒަފުންނަށް ދޭންޖެހޭ ލަފައާއި އިރުޝާދުދީ ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން އެ ޝަކުވާތަކަށް ޙައްލުހޯދުމުގައި މުވައްޒަފުންނަށް މަގުދައްކައިދިނުން.
  19. ޖަލެއް ނުވަތަ ބަންދުމަރުކަޒެއްގެ ގޮތުގައި ކަނޑައަޅާފައިވާތަންތަން އިންސްޕެކްޓް ކުރުމަށްޓަކައި، ނުވަތަ ބަލަމުންދާ މައްސަލައަކާގުޅިގެން ކުރަންޖެހޭ ޒިޔާރަތްތައް ކުރުމަށް ހަދަންޖެހޭ ޕްލޭންތައް ތައްޔާރުކުރުމާއި އެކު، ކަނޑައަޅޭ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އިންސްޕެކްޝަން ދަތުރުތައް ރާވައި އެ ދަތުރުތައް ލީޑްކޮށް ހިންގުން އަދި އިސްޕެކްޝަން ޓީމްގައި ބައިވެރިވުން.
  20. ކޮންމެ އިންސްޕެކްޝަނަކާއި ކޮންމެ ތަޙުޤީޤަކާއި ގުޅިގެން އެކަމެއްގެ ބާވަތުން، ތައްޔާރުކުރާ ރިޕޯރޓްގައި ރިކަމެންޑޭޝަން ދިނުމުގެ ކުރިން އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަކީކޮބާތޯ ބެލުމުގެ ގޮތުން ދިރާސާކުރުމާއި ރިޕޯރޓް އެކުލަވާލުން.
  21. ޤާނޫނު ނަންބަރ 2013/14 ގެ ދަށުން މީހުން ބަންދުކުރުމަށް މިނިސްޓަރ ކަނޑައަޅާފައިވާ ޖަލުތަކާއި ބަންދުމަރުކަޒުތަކުގައި ހުންނަންޖެހޭ އެންމެ ދަށް މިންގަނޑު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުއާމީ މިންގަނޑުތަކަށް ފެތޭހެން ފަރުމާކޮށް، އެކުލަވާލުމުގައި ކަމާގުޅޭ މުވައްޒަފުންނަށް މަގުދެއްކުން.
  22. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު 14/2013 ގެ ދަށުން  މީހުން ބަންދުކުރުމަށް ހަދާ ޢިމާރާތްތައް ހެދިފައިވަނީ ޤާނޫނާއި ޤަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަކަށް ކަށަވަރުކުރުމަށް އިންސްޕްކެޓްޝަން ހަދާ، އެތަންތަން ޖަލެއްގެ ގޮތުގައި ކަނޑައެޅުމާއިގުޅޭގޮތުން މިނިސްޓަރަށް ހުށަހަޅާ ރިޕޯޓު ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  23. ޖަލުތަކުގެ އާންމު ސިއްޙަތުގެ މިންގަނޑު ރަނގަޅުކުރުމަށް ކުރަންހުރި ކަންކަމުގައި އިންސްޕެކްޓަރާއެކު މަސައްކަތްކުރުން.  
  24. ޖަލުތައް އިންސްޕެކްޓް ކުރުމަށްފަހު، ޤާނޫނުތަކާއި ޤަވާއިދުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުއާހަދާތަކާއި، ބައިނަލް އަޤްވާމީ މިންގަނޑުތަކާއި ގުޅޭ ގޮތުން ޖަލުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިސްލާހުތައް ހުށަހެޅުން.
  25. އިންސްޕެކްޝަންތަކުގެ މަސައްކަތްތައް ކުރަމުންދާގޮތް ބަލައި، އިންސްޕެކްޓް ކުރުމުގައި ބޭނުންކުރާ ޒަމާނީ އުޞޫލުތައް ހޯދައި ބަލައި އެގޮތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ކުރުމާއި، މަސައްކަތްތައް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންސްޕެކްޓަރގެ ލަފާގެ މަތިން ކުރުވުން
  26. ޤައިދީންނާއި ބަންދުމީހުން ބައިތިއްބާ ތަންތަނުގައި ލިބިދޭންޖެހޭ އެންމެހައި އަސާސީ ޚިދުމަތްތަކުގެ ޙާލަތު ދެނެގަތުމަށް ކުރާ ތީމެޓިކް މޮނިޓަރިންގ ޒިޔާރަތްތައް ރާވައި، އެ ދަތުރުތައް ލީޑްކޮށް ހިންގުމާއި އެ ޒިޔާރަތް ތަކުން ފާހަގަ ކުރެވޭ ކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް، ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، އެ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރު ބަލައި އެކަމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިއުމަން ރައިޓްސް / ލޯ އެންފޯސްމެންޓް / ސައިކޮލޮޖީ / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ސޯޝިއަލް ޕޮލިސީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ހިއުމަން ރައިޓްސް / ލޯ އެންފޯސްމެންޓް / ސައިކޮލޮޖީ / ޕަބްލިކް އެޑްމިނިސްޓްރޭޝަން / ސޯޝިއަލް ޕޮލިސީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ސޯޝަލް ސައިންސް މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ހިއުމަން ރައިޓްސް
  4. ލޯ އެންފޯސްމެންޓް
  5. ސައިކޮލޮޖީ
  6. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  7. ސޯޝިއަލް ޕޮލިސީ

ޕްރިފަރޑް ޑިސިޕްލިންތައް:

   ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ހިއުމަން ރައިޓްސް
  2. ލޯ އެންފޯސްމެންޓް
  3. ސައިކޮލޮޖީ
  4. ސޯޝިއަލް ޕޮލިސީ

ނޯޓު:ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ސޯޝަލް ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޑިސެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ، 2021 ޑިސެންބަރު 22 އާއި 28 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546، 3031543 ނުވަތަ 3031544 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 ޖުމާދަލްއޫލާ 1443

09 ޑިސެންބަރު 2021