ބީލަން
ނަންބަރު: (IUL)468-LID/468/2021/280
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި:
21 ޑިސެންބަރު 2021 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ
- ފުވައްމުލަކު ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިބިމާއި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 12 ޑިސެންބަރު 2021 އިން 21 ޑިސެންބަރު 2021 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، ((land@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.
- މި ބީލަމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 12 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 26 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ލޭންޑް މެނޭޖްމަންޓް ސެކްޝަންގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862872
އީމެއިލް: land@fuvahmulah.gov.mv
5 جُمَادَىٰ ٱلْأُولَىٰ 1443
09 ޑިސެންބަރު 2021
09 ޑިސެންބަރު 2021