ދިވެހިރާއްޖެ
މާލޭ ނޯތު ހާބަރުގައި ހުރި އިމާރާތަކުން ހުސްވެފައި ހުރި (ތަނުގެ ބޮޑުމިން: (ގްރައުންޑް ފްލޯ އޭރިޔާ 430 އަކަފޫޓް, ޑެކް ފްލޯ އޭރިޔާ 475 އަކަފޫޓް)) ތަނެއް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1. |
މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން |
14 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން. (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)
|
2. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
20 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
|
3. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި ޕްރޮޕޯސަލް
|
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.