ވަޒީފާގެ ފުރުޞަތު
ނަންބަރު: Q10C-A/2021/17
ޕަބްލިޝްކުރި ތާރީޚް: 13 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 19 ޑިސެންބަރު 2021 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުޞަތު

އިންޓަރންޝިޕް ފުރުޞަތު

ނަންބަރު: Q10C-A/2021/17

ތާރީޚް:  13 ޑިސެންބަރު 2021

މަޤާމް

އިންޓަރން          

އަދަދު

02

މުއްދަތު: 3 މަސް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު 3 މަހުން 3 މަހުން ކޮންޓްރެކްޓް އާ ކުރެވޭނެ)

މަސައްކަތްކުރަންޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ވަގުތު

ހެނދުނު 8:00 އަކުން މެންދުރުފަހު 14:00 އަށް (ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ފްލެކްސީ ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުޠު

ދަށްވެގެން ޖީ.ސީ.އީ އޯ ލެވެލް ނިންމައިފައިވުން.

މަސްޢޫލިއްޔަތުތައް

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރުޢީ އަދި އިދާރީ މަސައްކަތްތަކުގައި ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1-  އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސްކުރައްވާނީ ގދ.ޖުޑީޝަލް ދާއިރާ އާއި ވަގުތީގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްރައްޒާޤް މުޙައްމަދު)

2-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ

 

       

 

އިންޓަރންޝިޕަށް އެދެންވީގޮތާއި ސުންގަޑި:

19 ޑިސެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ gdh.thinadhoo@judiciary.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރންއަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

އިންޓަރނުންނަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

-      ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލް ކުރަމުންދާ އަދި މި ފަދަ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކާއި، އަދި ދާއިރާއިން ހޯދަންޖެހޭ ޚާއްސަ ލައިސަންސެއް ހޯދުމަށް ފުރިހަމަކުރަންޖހޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތައް.

-      ވަޒީފާގެ ބާޒާރަށް ނުކުތުމުގެ ކުރިން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތައް.

13 ޑިސެންބަރު 2021

13 ޑިސެންބަރު 2021