ދިވެހިރާއްޖެ
އިޢުލާން
މަޤާމް: |
އިންޓަރން |
ބޭނުންވާ އަދަދު: |
02 (ދޭއް) |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކޮމިއުނިޓީ އެންޕަވަރމަންޓް ޑިޕާޓްމަންޓް، ހ. ބޯޅަގެ |
ޑިޕާޓްމަންޓް / ސެކްޝަން: |
ކޮމިއުނިޓީ އެންޕަވަރމަންޓް ޑިޕާޓްމަންޓް |
މަސައްކަތު ގަޑި: |
ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް |
ޕޮކެޓްމަނީ: |
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ދުވަހުން ދުވަހަށް ޑިޕާރޓްމަންޓްގެ ލިބޭތަކެތި އެންޓްރީކޮށް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ރޫޓް ކުރަންޖެހޭ ފަރާތްތަކަށް ރޫޓް ކުރުމާއި ، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފައިލް ކުރަންޖެހޭ ލިޔެކިއުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން. 2. ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުން. 3. މުޖުތަމަޢު ބާރުވެރި ކުރުވުމަށް މަދަނީ ޖަމްޢިއްޔާ ތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުން 4. ޑިޕާރޓްމަންޓުން ހިންގޭ ޕްރޮގްރާމްތަކުގެ ޚަބަރު އަދި މަޢުލޫމާތާއި ފޮޓޯ މީޑިއާ އަށް ފޮނުވުން. 5. ޑިޕާރޓްމެންޓުން ބާއްވާ އިވެންޓްތަކުގެ މަސައްކަތްކޮށް އިވެންޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. 6. ޖަމްޢިއްޔާ ތަކަށް އަމާޒުކޮށް ދިނުމަށް ހަމަޖެހިފައިވާ "އެން.ޖީ.އޯ އެވޯޑް" މަސައްކަތް ސްޕަވައިޒަރުގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން. |
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
މަސައްކަތުގެ ދާއިރާތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.) http://www.csc.gov.mv/download/2486 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓފިކެޓް. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝޯޓް ލިސްޓްކުރުން |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21ޑިސެންބަރ 2021 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން އީމެއިލް hr.recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347474 ނުވަތަ 3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr.recruitment@youth.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ. |