ނައިފަރު ކައުންސިލް އިން ފޯރުކޮށްދޭ ސްޕެސިފިކޭޝަން ގައިވާ ގޮތަށް ނައިފަރު ކައުންސިލަށް ޑަންޕް ޓްރަކެއް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓްސް ދޫކުރުން
މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް 19 ޑިސެމްބަރ 2021 ވަނަ ދުވަހުން ފެށިގެން 23ޑިސެމްބަރ 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން އީމެއިލް މެދުވެރިކޮށް ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.
ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 7705700335001 އެކައުންޓަށް ފައިސާ ޖަމާކޮށް ސްލިޕް ކޮޅު އަދި އީމެއިލް އެޑްރެސް ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.
ސްލިޕްކޮޅު ވައިބަރ އިން ފޮނުވާއިރު ބިޑްގައި ރެޖިސްޓްރީ ކުރާނެ ފަރާތުގެ ވިޔަފާރީގެ (ވިޔަފާރީގެ ނަން، އީމެއިލް އެޑްރެސް އަދި ވެރިފަރާތުގެ) މަޢުލޫމާތު ހިއްސާކުރަންވާނެއެވެ.
މަޢުލޫމާތު ކަރުދާހުގެ ކޮޕީއެއް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.
|