ދިވެހިރާއްޖެ
ހއ.ބާރަށުގެ ފަޅު ފުންކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްޓަކައި، ރަށަށްދުރުވާ މޯލްޑިވްސް ޓްނާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މުވައްޒަފުން ތިބުމަށްޓަކައި ބާރަށުން 03 ކޮޓަރި، 03 ފާޙާނާ، ސިޓިންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް ، 06 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް އެކުންފުނިން ބޭނުންވެއެވެ.
ވީމާ ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޑިސެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް " އިމާރާތް ކުއްޔަށް ދިނުމަށްއެދޭ ފޯމު" ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަގުތައް ހުށަހަޅާ ފަރާތްތަކުގެ އެއްޙާޒިރުގައި ޢާންމުކުރެވޭނެއެވެ. އަދި މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އެމް.ޓީ.ސީ.ސީގެ ހޮޓްލައިން ނަމްބަރު 1650 އަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ޖުމާދަލްޢޫލާ 1443
20 ޑިސެމްބަރު 2021