މަސައްކަތް
ނަންބަރު: (IUL)268/268/2021/54
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 30 ޑިސެންބަރު 2021 00:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުން

         މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 16 މަގުބައްތި ދަނޑި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ކުރަންޖެހޭ މަސައްކަތްތައް:

- މި އިޢުލާނާއި އެކުގައިވާ  ކުރެހުމުގައިވާ މިންތަކާއި އެއްގޮތައް 16 ސިންގަލް އާމް ހޮޅިދަނޑި ހެނދުން.

- ހޮޅިދަނޑި ހަދާއިރު ވެލްޑިންކުރާތަންތަނުގައި އާއި މުޅި ދަނޑީގައި ރެޑްއޮކްސައިޑް ލާންވާނެ.

- ކުރެހުމާއި އެއްގޮތަށް ހޮޅިދަނޑިން ސަރކެޓްހަރުކުރާތަން ކަނޑާ އެތާ މަތިގަނޑު ހެދުން.

- ސަރކެޓް ހަރުކުރުމަށް ހަދާތަނުގެ މަތިގަނޑު ހަރުކުރާއިރު M7 ނުވަތަ 9mm ގެ ބޯލްޓެއް ޖެހުން.

- ދަނޑިތަކުގެ ޖޮއިންޓްތައް އެކަށީގެންވާވަރަށް ފައްތަރުކޮށް ބަލިނުވާވަރަށް ޖޮއިންޓްތައް ހަދަންވާނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2021