ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ އައި.ސީ.ޓީ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ އޮފިސަރ - ގްރޭޑް 01 |
މުސާރަ: |
މަހަކު 7000.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2800ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ދާއިރާއިން މަދުވެގެން 3-1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ޙާސިލުކޮށްފައި ވުމާއެކު، މަސައްކަތު ދާއިރާއަކުން 5-3 ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކޯޕަރޭޝަނުގެ ހުރިހާ ސަރވާތައް ބެލެހެއްޓުމާއި ބެކްއަޕްނެގުން. - އަލަށް ބަހައްޓަންޖެހޭ ސަރވާތައް ބެހެއްޓުމާއި އެ ކޮންފިގަރޭޝަން ހެދުން. - ނެޓްވާރކް ފަޔަރވޯލްތައް ބެހެއްޓުމާއި އެތަކެތި ކޮންފިގާރ ކުރުން. - ކޯޕަރޭޝަނުގެ ސަރވާއާއި ކޯޕަރޭޝަނުގައ ބޭނުންކުރާ އެންމެހާ ކޮމްޕިއުޓަރ ސިސްޓަމްތައް ވައިރަސްތަކުން ރައްކާތެރިކޮށް ބެލެހެއްޓުން. - ކޯޕަރޭޝަނުގެ ނެޓްވޯކް، ރަށްތަކުގެ އޮފީސް ސައިޓްތަކާއި ގުޅުވާލައި މައި އޮފީހުން މެނޭޖްކޮށް ބެލެހެއްޓުމާއި، އިންޓަރނެޓް ވިއުގަ ބެލެހެއްޓުން. - ޒަމާނީ އައި.ސީ.ޓީ ވަސީލަތްތައް ރިސާރޗް ކުރުމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއިއެކު އެކަންކަން އިމްޕްލިމެންޓް ކުރުމަށް މަސައްކަތްކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލްjobs@rdc.com.mv އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. (މި މަޤާމަށް މީހުން އައްޔަން ކުރުމުގައި CCNA ހަދާފައިވާ ފަރާތްތަކާއި ފަޔަރވޯލް އަދި ސާވާ ބެލެހެއްޓުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ މަހުގެ ތާރީޚެއްގައިއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
19 ޖުމާދަލްއޫލާ 1443