ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރސްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓް ފަރމްއެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު 57-F/ML/IU/2021/71 (01 ޑިސެންބަރު 2021) އިޢުލާނާ ގުޅިގެން، ހުށަހަޅުއްވާފައިވާ ބީލަންތަކުގެ އަގު ބޮޑުކަމަށްވާތީ، އެ ޢިއުލާނު ބާޠިލުކޮށް 100,000/- (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓްކުރެއްވުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން އީ-މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު، ދަންނަވާފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން 16 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް، މި އިދާރާގެ އީ-މެއިލް، Public.accounts_committee@majlis.gov.mv އަށް ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ފޮނުއްވުން. ކޮޕީ: shama.fahumy@majlis.gov.mv ޝައުޤުވެރިކަން ފާޅުކުރާ މަސައްކަތުގެ އިޢުލާން ނަންބަރު: 74 57-F/ML/IU/2021/ ކުންފުނި/ ވިޔަފާރީގެ ނަން: ގުޅޭނެ ފަރާތެއްގެ ނަމާއި ފޯނު ނަންބަރު: އީ-މެއިލް އެޑްރެސް: |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި |
ޕްރީބިޑް މީޓިންގ |
ތަން: ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތާރީޚާއި ގަޑި: 03 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކޮށް ޕްރީބިޑް މީޓިންގ އަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|