މަސައްކަތް
ނަންބަރު: (IUL)384-A/2021/75
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 09 ޖަނަވަރީ 2022 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                 ކޮންޓްރެކްޓް އުޞޫލުން 2022 ޑިސެންބަރު 31 ގެ ނިޔަލަށް މިރަށު ކުނި ކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                 ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް، 28 ޑިސެންބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން 6 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން، ރެޖިސްޓްރޭޝަން ޝީޓް ފުރިހަކުރެއްވުމަށްފަހު info@madifushi.gov.mv  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. ('ރެޖިސްޓްރޭޝަން ޝީޓް' މިއިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެ އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ) މި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 9 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މިކައުންސިލްގެ އިދާރާގައެވެ.

  މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 6 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00ގެ ކުރިން info@madifushi.gov.mv  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޑިސެންބަރު 2021