ވަޒީފާގެ ފުރުޞަތު
ނަންބަރު: GS208-IUL/2021/14
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 09 ޖަނަވަރީ 2022 13:00
ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު:

J-347713

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދޫސްކޫލް، ގދ. ފަރެސްމާތޮޑާ

މުސާރަ:

7،035.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސަޕޯޓިންގ ކޯ އެލަވަންސް: 900.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް އަހަރުދުވަހަށް ކަނޑައަޅާ ބަޖެޓް ސަރުކާރުގެ މުދަލާ ފައިސާ ބެލެހެއްޓުމުގެ އުޞޫލާއެއްގޮތަށް ބެލެހެއްޓުން. ހިންގުމުގެ ހަރަދު ފައިސާއިން ހަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމާއި ކުރަންޖެހޭ މަސައްކަތްތަކާއި މަރާމާތު އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރުން. ހިންގުމުގެ ހަރަދު ކުރުމަށް ހުއްދަދީ ބަޖެޓްބާކީއާއި އެކައުންޓްބާކީއާއި އައިޓަމްތަކުގެ ބާކީއިން ބާކީކުރެވުނުތޯ ބަލައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ހަވާލުކުރެވުނުތޯ ބެލުން، މަސްނިމުމުން ހުއްދަދޭ ފޮތާއި، ފައިސާ ހަވާލުކުރާފޮތާއި، ބަޖެޓްބާކީއާއި، އެކައުންޓްބާކީއާއި އަދި އައިޓަމްބާކީ ފޮތް ޖުމްލަކުރުން. އަހަރު ނިމޭއިރު ހިންގުމުގެ ހަރަދު ފައިސާއިން ހަރަދުނުކުރެވި ހުންނަ ފައިސާ 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ މާލީއްޔާއަށް ޖަމާކުރުން.
  2.  ފަންޑު ބެލެހެއްޓުން. ސްކޫލް ފަންޑަށް ލިބޭ ފައިސާއަށް ރަސިދުހެދި ރަސީދު ދޫކުރެވޭތޯ ބެލުން. ސްކޫލް ފަންޑަށް ލިބޭ ފައިސާ އެންމެ އަވަސް މުއްދަތެއްގެތެރޭގައި ބޭންކަށް ޖަމާކުރުން. ފަންޑް ފައިސާއިން ކުރަންޖެހޭ ޚަރަދުތައް އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރުން. ފަންޑް ފައިސާއިން ހަރަދުކުރުމަށް ހުއްދަދީ، ފަންޑުބާކީއާއި، އެކައުންޓްބާކީއާއި، އައިޓަމްތަކުގެ ބާކީ އިން ބާކީކުރެވުނުތޯ ބަލައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ހަވާލުކުރެވުނުތޯ ބެލުން. މަސްނިމުމުން ހުއްދަދޭ ފޮތާއި، ފައިސާ ހަވާލުކުރާފޮތާއި، ބަޖެޓްބާކީއާއި، އެކައުންޓްބާކީއާއި އަދި އައިޓަމްބާކީ ފޮތް ޖުމްލަކުރުން. ބޭންކް އޮފް މޯޅްޑިވްސްގައި އޮންނަ ސްކޫލްގެ ފަންޑް އެކައުންޓް އޮޕަރޭޓްކުރުން
  3.  މުސާރަ ފައިސާގެ ކަންތައް ބެލެހެއްޓުން. މުވައްޒަފުންގެ މުސާރަ ޝީޓާއި އިތުރުގަޑީގެ ރިޕޯޓް އަދި ޕޭމަންޓް ވައުޗާރތައް ތައްޔާރުކުރުވައި ޗެކްކުރި ސޮއި، ހުއްދަދެވުނު ސޮއި ފުރިހަމަ ކުރުވުމަށްފަހު، ހިނގާމަހުގެ 18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.. ލިބޭފައިސާއާއި ކުރެވޭ ޚަރަދު ޑޭޓާބޭސްއަށްނަގާ އަޕްޑޭޓްކުރުވުން. މުވައްޒަފަކަށް ލިބެންވާ ފައިސާ އޮޅުމަކުން ޖަމާނުކުރެވޭނަމަ އެފައިސާ ޖަމާކޮށްދިނުން. މުވައްޒަފުންގެ މުސާރައިން ކަނޑާ ގަޑިލާރި، ޖުރުމާނާ، ކްރެޑިޓްސްކީމް، ޕްރޮވިޑެންޓް ފައިސާ ފަދަ އެންމެހައި ފައިސާ، އެފައިސާ ލިބެންވާ ފަރާތްތަކަށް ރައްދުކުރުމާއި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން. މުސާރަ ފައިސާއާއި ބެހޭ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ތިޖޫރީބާކީ ބެލެހެއްޓުން. ތިޖޫރީއަށްލެވޭ ފައިސާ ތިޖޫރީބާކީއަށާއި ތިޖޫރީގައި ހުންނަ ފައިސާގެ އައިޓަމްތަކުގެ ބާކީއަށް އެރުވޭނެ އިންތިޒާމް ހަމަޖެއްސުން. ތިޖޫރީއަށްލެވޭ ފައިސާގެ ތެރެއިން ސްކޫލްފަންޑް ފައިސާ 30 ދުވަހުގެ ތެރޭގައި އައިޓަމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކޮށް ބޭންކަށް ޖަމާކުރުވައި ފަންޑުބާކީ، އެކައުންޓްބާކީ ފަންޑް އައިޓަމްތަކުގެ ބާކީއަށް އަރުވާނެ އިންތިޒާމް ހަމަޖެއްސުން.. ތިޖޫރީއަށް ޖަމާކުރެވޭ ފައިސާގެ ތެރެއިން ސަރުކާރުގެ މާލިއްޔަތަށް ލިބެންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭ ފައިސާ ހަވާލުކުރާ ފޮތުގައި ލިޔެ ސަރުކާރުގެ މާލީއްޔާއަށް ޖަމާކުރުވައި އައިޓމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކުރުވުން.. ތިޖޫރީއަށް ޖަމާކުރެވޭ ފައިސާގެ ތެރެއިން މަތީގައިވާ ނުކުތާތަކުގައި ނުހިމެނޭ އެންމެހައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރަންޖެހޭ މުއްދަތުގެ ތެރޭގައި ހަވާލުކުރާ ފޮތުގައި ލިޔެ ހަވާލުކޮށް އައިޓަމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކުރުވުން.
  5. ކޮންމެ މީލާދީ މަހެއް ނިމުމުން ބަޖެޓް ރިޕޯޓްތައް ހިނގާމަހުގެ 1 އިން 10 އާދެމެދު ނިންމުވުން. އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއެކު އިސްވެރިޔާއަށް ކޮޕީ ހުށަހެޅުން.
  6. ކިޔެވުން އޮންނަ ދުވަސްދުވަހު ހެނދުނު 06:30 ގައިއާއި، ކިޔެވުން ނޯންނަ ސަރުކާރު ބަންދުނޫން ދުވަސްދުވަހު ހެނދުނު 07:50 ގައި ސްކޫލް ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމާއި  ކަނޑައެޅިފައިވާ ޤަވާއިދުގެ މަތިން ސްކޫލް ލެއްޕުމުގެ އިންތިޒާމު ހަމަޖައްސައި އެކަން އެގޮތަށް ހިނގާތޯ ބެލުން.
  7. އެކިއެކި ބައްދަލުވުން ވޯކްޝޮޕްތަކާއި ސެމިނާފަދަ ކަންކަމަށް ސްކޫލް ހުޅުވާ ލެއްޕޭނެ އިންތިޒާމް ހަމަޖެއްސުން
  8. އިދާރީ ހިންގުމުގެ ކަންތައްތައް މޮނީޓަރކޮށް ބެލެހެއްޓުމަށް ތައްޔާރުކުރެވިފައިވާ ދުވަހު ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓާއި ޓާމްރިޕޯޓް ކަނޑައެޅިފައިވާ ދުވަހަށް އިސްވެރިޔާއަށް ހުށަހެޅުން
  9. ސްކޫލް އިމާރާތްތަކާއި ތަންތަނާއި ފަރުނީޗަރުތަކުގެ ތަޅުދަނޑިތައް ހަވާލުކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފުންނާއި ހަވާލުކުރެވިފައި ހުރިތޯ ބަލައި ޗެކްކުރުން
  10. ސްކޫލްގެ މޫނުމަތިން ފެންނަ އެންމެހައި ތަންތަން ހާއްސަ ސަމާލުކަމާއެކު ބެލެހެއްޓުމާއި ސްކޫލްގެ ނަންބޯޑާއި އޮފީހުގެ ނަންބޯޑު ފަސޭހައިން ފެންނަ ތަނެއްގައި އެކަށީގެންވާ ރިވެތިކަމާއި ސާފުކަމާއެކު ހުންނާނެ ގޮތެއްގެ މަތިން ބެލެހެއްޓުމާއި ސްކޫލަށް އަންނަ މެހެމާނުންނަށް ރަގަޅު އިމްޕްރެޝަނެއް ލިބޭގޮތަށް މޫނުމަތި ބެލެހެއްޓުން
  11. ސްކޫލަށް ދިމާވާ ހާއްސަ ކަންތައްތަކާއި ބޮޑެތި ކަންތަކުގައި އެއިރަކު ހުންނަވާ ވެރިއަކު އަންގަވާ ގޮތެއްގެ މަތިން ހަރަކާތް ތެރިވުން
  12. އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި، ޕްރިންޓަރއާއި، ޙަވާލުކުރެވިފައިވާ މަސައްކަތު މީހުންނާއި، ވޮޗަރުންގެ މަސައްކަތް ސުޕަވައިޒްކުރުން. މަސައްކަތު މީހުންނާއި ހަވާލުކުރެވިފައިވާ ފޮޅާސާފުކުރުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ކުރެވޭތޯ ދުވަހުން ދުވަހަށް ބަލައި ސުޕަވައިޒްކުރުން. މަސައްކަތު މީހުންގެ ޑިއުޓީގައި ގަވައިދުން ސްކޫލްގައި ތިބޭތޯބަލައި ޑިއުޓީގައި ބޭރަށްގޮސް ހަދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން. އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ޑިއުޓީގައި ސްކޫލަށް ގަވާއިދުން ހާޟިރުވޭތޯ ބެލުމާއި ހަވާލުކުރެވިފައިވާ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ކަނޑައެޅިފައިވާ ފެންވަރަށް ކުރެވޭތޯ ބަލައި ސުޕަވައިޒްކުރުން. މަތީގައި ބަޔާންކުރެވުނު މުވައްޒަފުންނާއި ހަވާލުކުރެވިފައިވާ މަސައްކަތް ފަރުވާކުޑަކަމަށް ފާހަގަކުރެވޭނަމަ އިސްވެރިޔާގެ މަޝްވަރާގެ މަތީން އަވަސް ފިޔަވަޅު އެޅުން. އިދާރީ މުވައްޒަފުން ޑިއުޓީ ގަޑީގައި ބޭރަށް ދިއުމަށް ހުއްދަދިނުމާއި އެކަން ބެލެހެއްޓުން. އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ދުވަހު ރިޕޯޓާއި، މަހު ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކުން އެކަން ބަރާބަރަށް ކުރޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  13. އިންވެންޓްރީ ބެލެހެއްޓުން- (މިކަން ކުރުވާނީ އެކަމަށް ޙަވާލުކުރެވޭ މުވައްޒަފަކު ލައްވައެވެ.) ސްކޫލަށް ހޯދާ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަންޖެހޭ ހުސްވާތަކެތި ފިޔަވައި އެހެނިހެން ތަކެއްޗާއި އެސެޓްސް، ހަރަދުކުރުމަށް ހުއްދަދިނުމުގެ ކުރިން އިންވެންޓްރީއަށް އަރުވައި ރާވައި ހިންގުން. ސްކޫލަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ލިބޭ ތަކެތި ބަލައިގެން ގެއްލުމެއް ލިބިފައިހުރިތޯ ޗެކްކޮށް ތަކެތި ފޮނުވާ ފޯމްގައި ސޮއިކޮށް ފޯމް 10 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ފޮނުވާ، ފޯމް ފޮނުވުމުގެ ކުރިން ތަކެތި އިންވެންޓްރީއަށް އެރުވުން. އިންވެންޓްރީގައި ހިމެނޭ ތަކެތީގެ ތެރެއިން ވަކިތަނެއްގައި ބަހައްޓަންނުޖެހޭ އެންމެހައި ތަކެތި ރައްކާކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން. ސްކޫލްގައި ހުންނަ އަގުބޮޑު މެޝިންތަކާއި އިކުއިޕްމަންޓްސް ބޭނުންކުރެވެނީ ހެޔޮގޮތުގައިތޯ ބެލުން. ސުކޫލުން ބޭރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަކެއްޗާއި ޢިމާރާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައެޅިފައިވާ ގަވާއިދުގެމަތީން އެކިފަރާތްތަކަށް ދޫކުރުމާއި ދޫކުރިބޭނުން ނިމުމުން އަނބުރާ ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން
  14. ސްޓޮކް ބެލެހެއްޓުން – (މިކަން ކުރުވާނީ އެކަމަށް ޙަވާލުކުރެވޭ މުވައްޒަފަކު ލައްވައެވެ.) ސްކޫލަށް ހޯދޭ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަންޖެހޭ ތަކެތި ހަރަދުކުރުމަށް ހުއްދަ ދިނުމުގެ ކުރިން ސްޓޮކްބާކީއަށް އެރުވޭނެގޮތް ރާވައި ހިންގުން. ސްޓޮކްގައި ބަހައްޓާނެ ތަކެއްޗާއި ތަކެތި ބަހައްޓާނެ ގިނަ މަދުމިން އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަނޑައެޅުން. ސްޓޮކްގައި ހުންނަ ތަކެތި ދޫކުރާނެ މުވައްޒިފުންނާއި ދޫކުރާނެ ގިނަމަދުމިން އިސްވެރިޔާގެ މަޝްވަރާގެ މަތިން ކަނޑައަޅާ ސްޓޮކުން ތަކެތި ދޫކުރާނެ ގަޑިއެއް ހަމަޖައްސައި އެގަޑީގައި ތަކެތި ދޫކޮށް ސްޓޮކްބާކީއިން ބާކީކުރެވޭނެގޮތް ރާވައި ހިންގުން
  15. އިމާރާތާއި ތަންތަން މަރާމާތުކުރުން. ސްކޫލްގެ އިމާރާތްތަކާއި ތަންތަނުގެ ތެރެއިން ބައުވެ ހަލާކުވެފައިވާ ތަންތަނާއި އެކިއެކި ގެއްލުން ލިބިގެން ހަލާކުވާ ތަންތަނާއި ތަނުގެ ރިވެތި ކަމަށްޓަކައި އާކޮށް ބަލަހައްޓަންޖެހޭ ތަންތަން މަރާމާތުކުރުމުގެ ކަންތައްތަކުގެ ޕްރޮޖެކްޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހެޅުން. މަސައްކަތުގެ އަގު -/25000 ރުފިޔާއަށްވުރެ ދަށުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް އިސްވެރިޔާގެ މަޝްވަރާގެ މަތީން ތިންފަރާތަކުން އަގުބެލުމަށްފަހު އަގު ކުޑަ ފަރާތަކާއި ޙަވާލުކޮށްގެން ކުރުވުމާއި، މަސައްކަތުގެ އަގު -/25000 ރުފިޔާއަށްވުރެ ބޮޑު ޕްރޮޖެކްޓްތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ގަވާއިދުގެ މަތީން އިއުލާންކޮށް މަސައްކަތް ކުރާނެ ފަރާތެއް ހޯދާ އެގްރީމެންޓް ކޮށްގެން މަސައްކަތް ކުރުވުން.
  16. ތަކެތި މަރާމާތުކުރުމާއި އޯވަރހޯލް ކުރުވުމާއި ތަކެތި ބޭނުންކުރެވެނީ ހެޔޮގޮތުގައިތޯ ބެލުން. ޗާޕްމެޝިނާއި ގިނަގިނައިން ބޭނުންކުރެވޭ އެހެނިހެން މެޝިންތަކާއި ދުއްވާ ތަކެތި އިސްވެރިޔާގެ މަޝްވަރާގެ މަތީން އަހަރަކު ދެފަހަރު އޯވަރހޯލް ކުރުވުން. މެޝިންތަކާއި ދުއްވާތަކެއްޗާއި ފިކްސްޗަރގެ ކަންޑިޝަން މަދުވެގެން އަހަރަކު ދެފަހަރު ޗެކްކުރުން. އިސްވެރިޔާގެ މަޝްވަރާގެ މަތީން ފަރުނީޗަރު މަރާމާތުކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޟިލް ކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަގާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

-          އެކައުންޓިން

-          އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އެޑމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމެންޓް

-          ފައިނޭންސް

-          މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯ ޑިސިޕްލިން

ނެތް

ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާފަރާތުން ހުށަހަޅައިފައިވާނަމަ އެފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ/ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނަޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

އެސެސްމަންޓް / އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

ޕްރެޒެންޓޭޝަން

އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ޖަނަވަރީ 2022 ގެ 13:00 ގެ ކުރިން، ހުވަދޫސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (admin@huvadhooschool.edu.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން)  އޮންނާނީ، 10 ޖަނަވަރީ 2022 އާއި 16 ޖަނަވަރީ 2022 އާ ދެމެދު، ހުވަދޫސްކޫލު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840070 ނުވަތަ 7983085 އަށެވެ. އީ-މެއިލް ކުރާނީ admin@huvadhooschool.edu.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

24 ޖުމާދުލް އޫލާ 1443

28 ޑިސެމްބަރ 2021

28 ޑިސެންބަރު 2021