ދިވެހިރާއްޖެ
` |
މާފުށީ ސްކޫލް
ކ. މާފުށީ / ދިވެހިރާއްޖެ
ސާރވިސް ޗާޓަރ
2021
ތަޢާރަފް
މި ސްކޫލަކީ މާފުށީ ރައްޔިތުންގެ ނަމުގައި ސަރުކާރުގެ ދީލަތި އެހީފުޅާއި އެކު މާފުށީ ރައްޔިތުންގެވެސް އެހީގައި ހިންގާ ސްކޫލެކެވެ. މިރަށުގައި ޢިމާރާތެއް އެޅިގެން ރަސްމީގޮތެއްގައި ތަޢުލީމް ދޭންފެށިފައިވަނީ ފުރަތަމަ ޖުމުހޫރިއްޔާގެ ދުވަސްވަރުއެވެ. އެއީ އޭރުގެ ރައީސުލް ޖުމުހޫރިއްޔާ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކޮންމެ ރަށެއްގައި އަޅުއްވައިދެއްވި ' ދެބެންގެ ގުލްޝަން ' ކިޔާގެ ރައްޔިތުންނަށް ހަދިޔާކުރެއްވުމުން އެގޭގެ ތަކެތި ބޭނުންކުރައްވައިގެން އެޅުނު އިމާރާތަކީ މާފުށީ ތަޢުލީމުގެ ފުރަތަމަ ބިނާއެވެ. އޭގެ ކުރިންވެސް ރަށުގެ އެކިއެކި ތަންތަނުގައި ކިޔަވައިދެމުން ގޮސްފައިވެއެވެ.
އޭގެފަހުން ތަޢުލީމީ ސިޔާސަތަށްއައި ބަދަލަކާއި ގުޅިގެން މަކުތަބުލް މަނާރުގެ ނަމުގައި 1972 ވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހު މަކުތަބެއް ރަޖިސްޓްރީ ކުރެވުނެއެވެ. 8 އަހަރާއި 05 މަސް ފަހުން މަކުތަބުލް މަނާރުގެ ނަން ކާފު އަތޮޅު މަދަރުސާގެ ނަމުގައި 1979 ވަނަ އަހަރު ނޮވެމްބަރު 10 ވަނަ ދުވަހު ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމު ހުޅުވައިދެއްވިއެވެ. އަތޮޅު މަދަރުސާގެ ނަމުގައި 6 އަހަރު ކިޔަވާ ދިނުމަށްފަހު މިއަތޮޅު ކާށިދޫއަށް އަތޮޅު މަދަރުސާ ބަދަލު ކުރެއްވުމާއި ގުޅިގެން 1986 ޖެނުއަރީން ފެށިގެން ސްކޫލު ހިގަމުން ދަނީ މާފުށީ މަދަރުސާގެ ނަމުގައެވެ. ނަމަވެސް 2002 ވަނަ އަހަރު ކޭމްބްރިޖް އޯލަވެލް އިމްތިހާނު ހަދަން ފެށުމާއި ގުޅިގެން މަދަރުސާގެ ނަމުގެ ބަދަލުގައި ބޭނުން ކުރެވުނީ ސްކޫލެވެ. މާފުށީ ސްކޫލުގެ ނަމުގައި މޮޓޯއާއި ބެޖް އަދި ލޯގޯ މިހާރުގެ ގޮތަށް ރަޖިސްޓްރީ ކުރެވުނީ 28 ޖުލައި 2004 ގައެވެ. އަދި 1 އޯގަސްޓް 2005 ގައި މިސްކޫލުވަނީ ސަރުކާރު ސްކޫލަކަށް ބަދަލު ކުރެވިފައެވެ.
ސްކޫލުގެ ވިޝަން
މާފުށީ ސްކޫލަކީ ތަޢުލީމް ފޯރުކޮށްދޭ އެންމެ މަޤުބޫލު ސްކޫލް ކަމުގައި ވުން.
ސްކޫލުގެ މިޝަން
ކާމިޔާބީއަށް ވާޞިލު ވުމަށްޓަކައި އިސްލާމްދީނުގެ އުސޫލުތަކާއި ސްކޫލްގެ ޤަވާޢިދުތައް އަދި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުން.
މައިގަނޑު އަގުކުރުންތައް (ކޯ ވެލިއުސް)
އިޙުތިރާމު ކުރުން: ތިމާއާއިމެދު އެހެންމީހުން ކަންތައްތައް ކުރަން ބޭނުންވާ ގޮތަށް، ތިމާވެސް އެހެން މީހުންނާއިމެދު ކަންތައްތައް ކުރާށެވެ.
ތެދުވެރިކަން: ޢަމަލާއި ބަހުން ތެދުވެރި ވާށެވެ.
ޒިންމާދާރުވުން: ޙަވާލުކުރެވޭ މަސްއޫލިއްޔަތު ވީ އެންމެ ރަނގަޅަކަށް އުފުލާށެވެ.
ގަދައަޅާ މަސައްކަތްކުރުން: ކޮންމެ ކަމެއްވެސް ކުރެވެންއޮތް އެންމެ ރަނގަޅަކަށް ކުރާށެވެ.
ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް
- ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަތަކަށް ހިނިތުންވުމާއެކު މަރުޙަބާ ކިޔައި، އިޙުތިރާމާއިއެކު މުއާމަލާތުކުރުން.
- ޚިދުމަތަށް އެދި އަންނަ ފަރާތްތަކުގެ ބޭނުން ރަނގަޅަށް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
- ޚިދުމަތް ފޯރުކޮށް ދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ނަޒާހަތްތެރިކަމާއި ހަމަހަމަކަން އިސްކުރުން.
- ޚިދުމަތް ފޯރުކޮށްދިނުމުގައި މުއައްޒަފުން ގުޅިގެން މަސައްކަތްކުރުން.
- ޚިދުމަތަށް އެދޭ ތަރުތީބަށް އިސްކަންދީގެން ޚިދުމަތްދިނުން.
- ފޯނުންނާއި އަދި އެނޫންވެސް ގޮތްގޮތުންވެސް މުއާމަލާތު ކުރުމުގައި މަޑުމައިތިރި ކަމާއި، އަދަބުވެރިކަމާއެކު ރިވެތި ބަހުން ވާހަކަ ދެއްކުން.
މާފުށީ ސްކޫލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަގު ޗާޓު
# |
ޚިދުމަތްތައް |
ޚިދުމަތުގެ ފެންވަރާއި މުއްދަތު |
އެޑްމިން ސެކްޝަން |
||
1 |
އޮފީހަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުން |
|
2 |
ޢާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީއަށް ޖަވާބުދިނުން |
|
3 |
އެޕޮއިންޓްމެންޓަށް އެދި ހުށަހެޅުން |
|
4 |
ދަރިވަރުން ސްކޫލްގައި ރަޖިސްޓްރީ ކުރުން |
https://drive.google.com/file/d/1sLvWAA_mcw1H7ng1Nlud9FWVmE3-3uPU/view?usp=sharing
https://drive.google.com/file/d/1SthkY6Z3QZ6eYuEz9q9gHakDNcKTekQS/view?usp=sharing
|
5 |
ދަރިވަރުން ސްކޫލުން ވަކިކުރުން |
https://drive.google.com/file/d/1QQsLAEsoje5LzHANCxKLGuNctGEN9N1S/view?usp=sharing
|
6 |
ދަރިވަރުންގެ ތަޢުލީމީ ރެކޯޑްތައް ބެލެހެއްޓުން |
|
ބަޖެޓް ސެކްޝަން |
||
7 |
ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާނުކުރުން |
|
8 |
ފައިސާ ބަލައިގަތުން |
|
9 |
ޢިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން |
|
10 |
ބެޖް، ޓެގް ފަދަ ތަކެތި ގެއްލި ނުވަތަ ހަލާކުވުން |
|
11 |
ދަރިވަރުންގެ އިމްތިހާނާއި ގުޅޭ ގޮތުން. |
|
12 |
ބަޖެޓްމެދުވެރިކޮށް ސްކޫލަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުން |
|
13 |
ލިބޭއެހީ |
|
ހިޔުމަން ރިސޯސް ސެކްޝަން |
||
14 |
މުއައްޒަފުން ހޯދުން |
|
15 |
ވަޒީފާއަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން. |
|
16 |
ސްކްރީން މަރުޙަލާ |
|
17 |
އިންޓަވިޔު ބޭއްވުން |
|
18 |
އޭ ޓޫ ޝީޓް ޢާއްމު ކުރުމާއި ޝަކުވާ ހުށަހެޅުން |
|
19 |
ވަޒީފާ ހަމަޖެއްސުން |
|
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން
- ސްކޫލުންދޭ ޚިދުމަތްތަކާއި ގުޅޭގޮތުން ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޚިދުމަތަށް ބިނާކުރަނިވި ފާޑުކިޔުމަކީ މިސްކޫލް މަރުޙަބާ ކިޔާކަމެކެވެ. ހުށަހެޅުންތައް ފޮނުވާނީ، admin@maafushischool.edu.mv މި އީމެއިލް އަށެވެ. ނުވަތަ ސްކޫލްގެ ޕްރިންސިޕަލް އަށް އެޑްރެސްކޮށް ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ޖަވާބު ދޭނެއެވެ.
- މީގެއިތުރުން އޮފީހުގެ ޢާއްމު ނަންބަރު 0287792 އަށް ގުޅައިގެންވެސް ހުށަހެޅިދާނެއެވެ.
- ސްކޫލަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅު ކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެއެވެ.
ސްކޫލްއާއި ގުޅުއްވުމަށް
ފޯނުނަންބަރު: 7920287 |
އީމެއިލް: admin@maafushischool.edu.mv |
މާފުށީ ސްކޫލް / ހަވީރީ ހިނގުން ، ކ. މާފުށީ |