ދިވެހިރާއްޖެ
މިރަށު ރޯޝަނީމަގު ހުޅަނގުން ޣާޒީމަގުގެ އުތުރުން އޮތް ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްގަސް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށްމިއިދާރާއިންކޮށްފައިވާ ނަންބަރު (IUL)382/382/2021/52 ( 21 ޑިސެންބަރު 2021 ) އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދެއްވާ ފައިނުވާތީ، އެއިޢުލާން ބާތިލްކޮށް މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- މި ބިޑް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2- ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 30 ޑިސެންބަރު 2021 ން ފެށިގެން 10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:00 އާ ހަމައަށް ފޯނުން ގުޅައިގެންނާއި ، އީމެއިލް މެދުވެރިކޮށެވެ. ބިޑްގައި ރަޖިސްޓްރީ ވެވަޑައިގަތުމުން ބިޑާގުޅޭ މަޢުލޫމާތު އީ މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
3- މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
4- ބިޑްހުޅުވުން އޮންނާނީ 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. ބިޑްހުށަހެޅުމަށް ބައިވެރިވެވޭނީ ނަންނޯޓްކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
5- އިތުރު މަޢުލޫމާތު ތިރީގައިވާ ފޯން އަދި އީމެއިލް މެދުވެރިކޮށް ހޯއްދެވުމަށް ދަންނަވަމެވެ.
- ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ރޯޝަނީމަގު، ތ. ބުރުނި ، ދިވެހިރާއްޖެ
- ފޯން: 6780038
- އީމެއިލް: burunicouncil@gmail.com
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.