ދިވެހިރާއްޖެ
`
މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (LAMP: P172631)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮކިއުމަންޓް ރިފަރަންސް: MV-MOE-229865-GO-RFB
193 ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެ:
ދިވެހި ސަރުކާރުން ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ފަރާތުން 193 ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ސްޓްރެޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރުން:
އެގްރީމަންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 މަސް ދުވަހުގެ މިތަކެތި ތެރޭގައި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން proc.lamp@moe.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ބެލޭނެ މިންގަނޑު:
މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.
ބީލަން އުޞޫލު:
މި ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބޭނުން ކުރަންޖެހިވަޑައިގަންނަވާ ބީލަން އުޞޫލު މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް https://www.moe.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ބީލަން އުޞޫލު proc.lamp@moe.gov.mv އަށް އީމެއިލް ކުރެއްވުމުންވެސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ހުށައެޅުން:
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ތިރީގައިވާ އެޑްރެހަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000 ރުފިޔާ (1،945 ޑޮލަރު) އާއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން އަދި އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅުއްވާ ފަރާތްތަކާއި ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތިރީގައިވާ އެޑްރެހަށް 16 ފެބުރުވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 13:00އަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
ބީލަން އެޑްރެސް ކުރުން އަދި ހުށަހަޅަންވީ އެޑްރެސް:
އާއިޝަތު ނީނާ - ޕްރޮޖެކްޓް ކޯޑިނޭޓަރ،
މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3341295
އީ-މެއިލް: proc.lamp@moe.gov.mv