ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2022/3
އިއުލާން
މިއިދާރާގެ ބޭނުންތަކަށް 1 (އެކެއް) އަހަރުގެ މުއްދަތައް ހދ.ކުމުންދޫ އާއި ހދ.ކުޅުދުއްފުއްޓާއާއި ދެމެދު ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ބޭނުންތަކަށް 1 (އެކެއް) އަހަރުގެ މުއްދަތައް ހދ.ކުމުންދޫ އާއި ހދ.ކުޅުދުއްފުއްޓާ އާއި ދެމެދު ލޯންޗް ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 12 ޖަނަވަރީ 2022 ވާ (ބުދަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ.
ލިންކް: https://forms.office.com/r/82cjKSu8rk
ތަފްސީލް |
ތާރީޚް |
ގަޑި |
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
12 ޖަނަވަރީ 2022 (ބުދަ) |
10:00 |
މައުލޫމާތު ދިނުން |
12 ޖަނަވަރީ 2022 (ބުދަ) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
18 ޖަނަވަރީ 2022 (އަންގާރަ) |
13:00 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޖުމާދަލްއާޚިރާ 1443ހ
06 ޖެނުއަރީ 2022މ