ދިވެހިރާއްޖެ
މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު G3597B-02-15-C 36ފޫޓްގެ 22 މީހުންގެ ޖާގައިގެ "ވިޔަވަތި" ލޯންޗް ސިޓީލާއި ނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ. މިލޯންޗަކީ ޔަމަހާ 225 ހޯސްޕަވަރުގެ 2 އިންޖީނުއަޅައި 2013 ވަނަ އަހަރު ބަދެފައިވާ ލޯންޗެކެވެ. ނީލަންފެށޭ އަގަކީ -/700,000 ރ (ހަތްލައްކަ ރުފިޔާ) އެވެ. ހުށަހަޅާއަގަށް އިތުރުކުރެވޭ އެންމެ ކުޑަ އަގަކީ -/50,000 ރުފިޔާއެވެ.
ކޮންމެ ދުވަހަކު 12.00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13.00 ގައި މިއިދާރާގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ. ލޯންޗާއިބެހޭ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ލޯންޗާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަންބަރު 6540442 އާއި ގުޅުއްވުން އެދެމެވެ.
ނީލަމުން ނަންގަވާ ލޯންޗް ދޫކުރާނީ ނީލަން ނިމޭތާ 15 ދުވަހުގެ ތެރޭގައި މިކައުންސިލަށް ފައިސާ ދެއްކެވުންނެވެ.
މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2022 ޖެނުއަރީ 9 ވާ އާދީއްތަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ NL-04 ފޯމުން، އީމެއިލް info@shaviyani.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނީލަން ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލަން ކުރީމެވެ.