ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)383/383/2022/1
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 20:54
ސުންގަޑި: 13 ޖަނަވަރީ 2022 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުން

ވަގުތީ އިމާމުންގެ ޕޫލް އެކުލަވާލުން

ވިލުފުށީ ދެ މިސްކިތުގެ އިމާމުން ޗުއްޓީ އަދި އާއިލީޒިންމާ/ ސަލާމް ބުނުމުން ބަދަލުގައި އިމާމުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ޕޫލް އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލަމެވެ.

މަޤާމް:

އިމާމު

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2022 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ތ.ވިލުފުށީ ކައުންސިލްގެ އިދާރާ (ވިލުފުށީ މަސްޖިދިލް ޢުމަރުފާރޫޤް/އާސާރީ މިސްކިތް)

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

ރޭންކް

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު - ޝަރުތު ހަމަވާ (ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު އޮތުން)

GS3

61.00 ރުފިޔާ

މުދިމް - ޝަރުތު ހަމަވާ (ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގިގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން)

GS1

 

53.00 ރުފިޔާ

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓު ކުރިން މިސްކިތައްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވައި، އިމާމުވެ ނަމާދުކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް ވިލުފުށި ކައުންސިލުގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯބެލުން.
  3. ވިލުފުށީ ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި ބަންގި ގޮވައި އިމާމުވެ ފަރުޟު ފަސްނަމާދު ކުރުން.
  4. ވިލުފުށި ކައުންސިލުގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
  5. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  6. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުޞޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ކޮޅުމަޑުލު ވިލުފުށީ ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެން. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ council.vilufushi@gmail.com މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖަނަވަރީ 20 އާއި 2022 ޖަނަވަރީ 27 އާއި ދެމެދު ވިލުފުށީ ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780701 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ council.vilufushi@gmail.com މެއިލް އެޑްރެހަށެވެ.

06 ޖަނަވަރީ 2022