ދިވެހިރާއްޖެ
ޢިޢުލާން
އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓްކޯޓު ހިންގި ޢިމާރާތް ސާފުކުރުމާއިގުޅޭ:
އައްޑުއަތޮޅުފޭދޫ މެޖިސްޓްރޭޓްކޯޓު ކުރިން ހިންގި ގޯތި ތެރެއާއި ގޯއްޗާއި އިންވެގެން އޮތް މަގުގައި ވިނަނޮޅާ ބިޔަގަސްތައް ކޮށާ ސާފުކުރުމަށް ބޭނުންވެއެވެ.
ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 10:30 އަށް އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި މަސައްކަތް ކޮށްދެއްވާނެއަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދެންނެވީމެވެ.
07 ޖުމާދަލްއާޚިރާ 1443ހ.
10 ޖަނަވަރީ 2022 މ.