ދިވެހިރާއްޖެ
އިޢުލާން
ބ.އޭދަފުށީ ރައްޔިތުންގެ ފޯދުނު 38 ރުއް ކުއްޔަށް ދޫކުރުމާއިބެހޭ:
އޭދަފުށީ ރައްޔިތުންގެ ފޯދުނު 38 ރުއް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
23 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ޙާޟިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.