ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)472/1/2022/16
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 25 ޖަނަވަރީ 2022 14:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ރަޖިސްޓްރޭޝަން އޮފިސަރ

އިޢުލާނު

 

މަޤާމު:

ރަޖިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-347511

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކ.މާލެ

މުސާރަ:

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2،000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް : 700 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށްޓަކައި ލިޔެކިޔުންތައް ހުށަހެޅުމުން އެލިޔުންތައް ވެރިފައި ކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާތާ 05 ދުވަސްތެރޭގައި ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީ އާއި ރޯޑްވަރދިނަސް ސްޓިކަރ ނިންމުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ހަވާލުކުރުމާއި އެއްގަމު ރަޖިސްޓްރީ އާއި ބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  2. އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެން އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމް ހުށަހަޅާތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ޙަވާލުކުރުން
  3. ޕްރޮވިންސްތަކުން ރަޖިސްޓްރީކުރުމަށް ފޮނުވާ ލިޔުންތަކާއި ރޯދްވަރދިނަސް ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް އޮތޯރިޓީއަށް ލިބޭތާ 05 ދުވަސް ތެރޭގައި ރަޖިސްޓްރީތައް ނިންމާ، ލެމިނޭޓްކޮށް، ޕެކްކުރުމަށްފަހު އެޕްރޮވިންސްއަކަށް ފޮނުވުން.
  4. މާލެއާއި އަތޮޅުތަކުގެ ޓެކްސީ ޚިދުމަތް ދޫކުރުމުގެ މަސައްކަތް ޤަވާއިދާއި އެއްގޮތަށް މިމަސައްކަތާ ޙަވާލުވެހުންނެވި ވެރިއެއްގެ މަޝްވަރާގެމެތިން ކުރުމާއި، އެ ޓެކްސީ ތަކުގެ ޓެކްސީ ސްޓިކަރ ތައްޔާރުކުރުމަށްފަހު ކަނޑައެޅިފައިވަ ތާރިޚަށް ދޫކުރުމާއި،  މާލޭގައި ދުއްވާ ޓެކްސީ ޑްރައިވަރުންނަށް ހުއްދަ ހެދުމާއި އެހުއްދަ ދޫކުރުމާއި އަދި ސެންޓަރުތަކުގައި އުޅޭ ޑްރައިވަރުންގެ މައުލޫމާތުތައް އަޕްޑޭޓް ކުރުމާއި މަޢުލޫމާތުތައް ޤަވާއިދުން  ބެލެހެއްޓުން.
  5. އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދައަށް އެދޭތާ 05 ދުވަސް ތެރޭގައި ޤަވާއިދާއި އެއްގޮތަށް ޑޮމެއިން ބަލަހއްޓާ ވެރިއެއްގެއަރިހަށް ގެނެސް ޑޮމެއިން ހުއްދަ ނިންމުމަށްފަހު ތަކެތިދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާއި ޙަވާލުކުރުމާއި ހުއްދަތަކާއި ބެހޭ ލިޔުންތައް ދުވަހުން ދުވަހަށް، ފަސޭހައިން ފެންނާނެހެން ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  6. ބޭންކްތަކުން ފޮނުވާ މޯގޭޖްކޮށްފައިވާ އުޅަނދުތަކުގެ ސިޓީ ލިބުމުން އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓްރީކުރުމާއި، ކެންސަލްކުރުމާއި އަދި މިކަމާއި ގުޅޭ ރެކޯޑްތައް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއި، ވެރިފަރާތުން ފައިސާ ދެއްކުމުން ވީހާވެސް އަވަހަކަށް ބޭންކްތަކަށް މޯގޭޖް ރަޖިސްޓްރީތައް ފޮނުވުން.
  7. ކޯޓްތަކުން އެކިއެކި ކޮމްޕެނީ ތަކާއި ، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީފޮނުއްވުމުން، އެމައުލޫމާތު ތަކަކީ އެފަރާތައް ދިނުން ރަގަޅު މައުލޫމާތެއްތޯ ބެލުމަށްފަހު 3 ދުވަހުތެރޭގައި ޖަވާބު ދިނުން.

 

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފަބްލިކް އެޑްމިނިސްޓްރޭޝަން އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ޕްރިފަރޑް ޑިސިޕްލިން

  • ނެތް

 

ކޯ ޑިސިޕްލިން

  • ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠު

  • އެޑްމިނިސްޓްރޭޝަން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވަ ދާއިރާ

އަސާސީ ޝަރުޠު ހަމަވުން

    30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމު

     5%

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

     5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

     5%

އެސެސްމެންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

    20%

އިންޓަރވިއު

    35%

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖަނަވަރީ 2022 ގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިއޮތޯރިޓީގެ އީ-މެއިލް career@transport.gov.mv އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 26 ޖަނަވަރީ 2022 އިން ފެށިގެން 26 ފެބްރުވަރީ 2022 އާއި ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343404 އަށެވެ. އީ-މެއިލް ކުރާނީ career@transport.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/download/2021/51/bc9943be-7f77-4a2f-b87c-e2dd8f98fb2f.pdf) އިން ލިބެން ހުންނާނެއެވެ.

  16 ޖުމާދަލްއާޚިރާ  1443

  19  ޖަނަވަރީ   2022

19 ޖަނަވަރީ 2022