ދިވެހިރާއްޖެ
އިޢުލާން
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ބައި-އިލެކްޝަން 2022
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި އެސޯސިއޭޝަންގެ ފަރުދީ މެންބަރުންނަށް، 24 ޖެނުއަރީ 2022 ވާ ދުވަހުން 24 ފެބްރުއަރީ 2022 އަށް ހުޅުވާލައިފީމެވެ.
ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް، މި އިޢުލާން އާއިއެކު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އެސޯސިއޭޝަންގެ އިދާރާއިން ލިބޭނެއެވެ.
ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހެޅުމަށް ކަނޑައެޅިފައިވާ "ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް" ބަލައި ގަތުން ކުރިޔަށްދާނީ، 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ މެންދުރު 13:00 އިން 14:00 އާއި ދެމެދު، ގަލޮޅު ބޯޅަދަނޑު، އެކަމަޑޭޝަން ބްލޮކް ގައިހުންނަ ބޮޑީބިލްޑިންގ އެސޯސިއޭޝަންގެ އިދާރާ ގައިއެވެ.
ފޯމް ބަލައިގަތުމުގައި، ހުށަހަޅާ ފޯމްގައި ފުރިހަމަ ކުރަށްޖެހޭ މައުލޫމާތު ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމް:
1- އާންމު މެމްބަރު (އެކެއް)
އިތުރު މަޢުލޫމާތު 7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.
24 ޖެނުއަރީ 2022