ދިވެހިރާއްޖެ
އިޢުލާނު
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
2022 ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހު 10:30 އަށް ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ. |
2022 ފެބްރުއަރީ 02 ވާ ބުދަ ދުވަހު 10:30 އަށް ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ. |
2022 ވަނަ އަހަރު މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS11/2021/15 ޢިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތެއް ނެތުމުގެ ސަބަބުން އެ ޢިއުލާން ބާޠިލްކޮށް، ޝަރުތުހަމަވާ ފަރާތްތަކަށް ދެވަނަފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މި ސްކޫލު އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.