ނީލަން
ނަންބަރު: (IUL)240-CA/240/2022/05
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:27
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 200 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވިއްކާލުމާއިގުޅޭ

މި އިދާރާގެ ޑެކޯރާ ލޯންޗުން ނަގާފައިވާ 200 ހޯސްޕަވާރގެ 1 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރި ނަމްބަރ (IUL)240-CA/240/2022/01 (16 ޖަނަވަރީ 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޡިލްކޮށް އަލުން ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭއަގަކީ-/50000ރ (ފަންސާސްހާސް ރުފިޔާ)އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭ އެންމެ ކުޑައަގަކީ-/5000ރ (ފަސް ހާސް ރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެން  މި އިދާރާގެ ކައުންޓަރަށް ނުވަތަ މި އިދާރާގެ procurement@laamu.gov.mv މެއިލް އަށް މެއިލް ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުންނާއި،މި އިދާރާގެ ވެބުސައިޓު www.laamu.gov.mv  އިން ލިބެން ހުންނާނެއެވެ.

 

ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ ނަމްބަރ 6800713 އާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ އިންޖީނު ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޡިލް ކުރެވޭނެވެ.

 

އިންޖީނާއި ބެހޭ އިތުރު މަޢުލޫމާތު

އިންޖީނުގެ ނަން: ޔަމަހާ

އިންޖީނުގެ ޢަދަދު 01

ހޯސްޕަވަރ: 200

ހަކަތައިގެ ބާވަތް : ޕެޓްރޯލް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

26 ޖަނަވަރީ 2022