ނީލަން
ނަންބަރު: ރ60/ADM/2022/41
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 03 ފެބުރުވަރީ 2022 10:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ އެކި ސެކްޝަންތަކުން ނެގިފައި ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2  ފެބުރުއަރީ 2022 ވާ ބުދަ ދުވަހުގެ10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 ފެބުރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެސްޓީއޯ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުންއެދެމެވެ.

 

ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ މަސައްކަތު 7 ދުވަސް ތެރޭގައި ފައިސާ ދައްކަވައި ތަކެތި ގެންދަވަންވާނެއެވެ. މިގޮތަށް ގެންދަވާއިރު ދޫކުރެވޭ އެންމެހާތަކެތި ގެންދަވަންވާނެއެވެ. ނޫންނަމަ އެތަކެތި ނައްތާލުމުގެ އިހުތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ.

 

-       ކުރީ ނީލަންތަކުގައި ބައިވެރިވެ ތަކެތި ނުގެންދަވާ ފަރާތްތައް ނީލަމުން އިސްތިސްނާ ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 

-       އަގުހުޝައަޅަންވާނީ ޕްރިންޓްކުރި ލިއުމަކުންނެވެ.

 

30 ޖަނަވަރީ 2022