ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލުން ހަމަޖައްސާ ތަނެއްގައި މާލެސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގެންގުޅެ ބަލަހައްޓާނެ ފެސިލިޓީއެއް އަމިއްލަ ތަކެތީގައި ހަދާ، އެތަން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)425-A2/1/2022/19 (19 ޖަނަވަރީ 2022) އިޢުލާނުގައިވާ ބިޑް ހުށަހެޅުމަށް ދެވިފައިވާ ތާރީޙް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާއެއްގޮތަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
އަގު ހުށަހެޅުން |
01 މާރޗް 2022 |
13:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގެން ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025487 / އީމެއިލް: bids@malecity.gov.mv
27 ޖުމާދަލްއާޙިރު 1443
30 ޖަނަވަރީ 2022