ދިވެހިރާއްޖެ
ހުޅުމާލޭގައި އަލަށް ހެދި މާލޭ ސިޓީ ކައުންސިލް އިދާރާގެ އާ އޮފީހަށް ބޭނުންވާ އެންމެހައި ފާރނީޗަރ ތަކުގެ ކޮންސެޕްޓް ޑިޒައިން ހެދުމާއި އަދި މި ޑިޒައިން ކޮންސެޕްޓާއި އެއްގޮތަށް ފަރނީޗަރ ތައް ހަދާ ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި އަދި ކެމެރާ ސިސްޓަމް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރެއްވުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓަރ ވުމާއި މައުލޫމާތު ސާފުކުރުން |
02 ފެބްރުއަރީ 2022 |
13:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
އަގު ހުށަހެޅުން |
10 ފެބްރުއަރީ 2022 |
13:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާރޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަމިއްލަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ ) އަމީނީމަގު، ފޯން: 3025407 / އީމެއިލް : bids@malecity.gov.mv
27 ޖުމާދުލް އާޚިރު 1443
30 ޖަނަވަރީ 2022