މަސައްކަތް
ނަންބަރު: (IUL)280-PRO/INDIV/2022/9
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 10 ފެބުރުވަރީ 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްވީޓްރޫމް ދޮރުއަށި މަރާމާތުކުރުން

   މިކައުންސިލްގެ ފަރާތުން އައުސްކޫލް ކުރިމަތީމަގަށް ވެލި އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިރަށު ސްވީޓްރޫމް ދޮރުއަށި ހަލާކުވެފައިވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެދޮރުއަށި މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)280-PRO/INDIV/2022/3 (16 ޖަނަވަރީ 2022) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

   މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

   ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ، މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު ހުށަހެޅުއްވުންއެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުއްވުންއެދެމެވެ.

 

  • މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާނީ 2022 ފެބްރުއަރީ 06 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.
  • އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2022 ފެބްރުއަރީ 10 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޅައިމަގު ކައުންސިލްގެ އިދާރާއަށެވެ.

   މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކާ ދެންނެވީމެވެ.

 

 

އަންދާސީ ހިސާބު ހުށަހެޅުން:

   އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެހާއި އިޢުލާން ނަންބަރާއި ބިޑްކުރެވޭ މަސައްކަތް ލިޔެ، މިއިދާރާއަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

01 ފެބުރުވަރީ 2022