ދިވެހިރާއްޖެ
އިޢުލާން
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން
މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ޙަރަކާތްތައް ހިންގުމަށެވެ.
އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކާއި ޙަރަކާތްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mvގައި ޝާއިޢު ކުރެވިފައިވާނެއެވެ.
ގްރާންޓްގެ ނަން: މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުން |
އެހީގެ ފައިސާދެވޭ މިންވަރު: އެހީގެ ގޮތުގައި ދެވޭނީ ގިނަވެގެން 300،000.00 (ތިން ލައްކަ ރުފިޔާ) ރުފިޔާއެވެ. |
ޕްރޮޕޯސަލް ފޯމް ލިބެން ހުންނާނެތަން: www.youth.gov.mv ވެބްސައިޓުން |
ސުންގަޑި: 21 މާރޗް 2022 ވަނަދުވަހުގެ 13:00ގެ ނިޔަލަށް |
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: grant@youth.gov.mv އީމެއިލް މެދުވެރިކޮށެވެ. ނޯޓް: ޕްރޮޕޯސަލް އީމެއިލް ހުށަހެޅުމުން އޮޓޮމެޓިކް ރިޕްލައިއެއް އީމެއިލްކުރި ފަރާތައް ވަގުތުން ލިބޭނެއެވެ. މިރިޕްލައި ނުލިބޭކަމުގައިވަނީ ނަމަ ސުންގަޑި ހަމަވުމުގެ ކުރިން އަލުން ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ. |
ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި: - ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީ |