މަސައްކަތް
ނަންބަރު: (IUL)229-IED/229/2022/2
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 14 ފެބުރުވަރީ 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ އަކުރިސް ލާންޗް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ސުރުޚީގައި ދެންނެވިފައިވާ އަކުރިސް ލޯންޗް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަރާމާތުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 14 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 20 ފެބްރުއަރީ 2022 ވާ އާދީއްތަ  ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަދަންނަވަމެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އެބޭފުޅަކު މަޢުލޫމާތު ސާފްކުރަންވަން ވަޑައިގެންނެވީ ކޮންތަނެއް ތަމްސީލްކުރައްވަންކަން އެގިވަޑައިގަންނަވާނެ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ މިމަސައްކަތުގެ މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ނުވަތަ ކޮންނަމެއްގައިވާ ވިޔަފާރިއަކުންކަން އެނގޭނެ ކުންފުނީގެ، ވިޔަފާރީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް އެއް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ ޕުރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރ. އަތޮޅު ކައުންސިލް އިދާރާގެ އަކުރިސް ލާންޗް މަރާމާތުކުރުން " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580556، 6580562  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

07 ފެބުރުވަރީ 2022