ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު :IUL)RDC/RDC/2022/10)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގއ.ކޮލާފުށި މަގު ހެދުމުގެ މަޝްރޫއުގައި ހިމެނޭ މަގުތަކުގެ ސާރވޭ ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ގއ. ކޮލަމާފުށި މަގުތަކުގެ ސާރވޭ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 10 ފެބްރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.
- މިކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވޭނެއެވެ. ސެޝަން ގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތް ތަކުން 14 ފެބްރުއަރީ 2022 (ހޯމަ) ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގަންނަވަންވާނެއެވެ.
- ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަށް ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ޕްރީބިޑް ސެޝަންގައި ބައިވެރިނުވެވޭ ފަރާތް ތަކަށް ވެސް، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ފަހު ބިޑް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
- އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 16 ފެބްރުއަރީ 2022 (ބުދަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރައްވަން ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު އީމެއިލް މެދުވެރިކޮއް ކުރެވޭނެއެވެ.
- ސުވާލުތަކުގެ ސަވާބު ފޮނުވޭނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.
- މި ބިޑަކީ 2 ސިޓީއުރަ ހުޝަހަޅާ ބިޑެކެވެ. ފުރަތަމަ ސިޓީއުރައިގައި އެކުލެވެނީ ޓެކްނިލަލް ޕްރޮޕޯސަލްއެވެ. ދެވަނަ ސިޓީއުރައިގައި އެކުލެވެނީ ފައިނޭންސަލް ޕްރޮޕޯސަލްއެވެ. ފުރަތަމަ ސިޓީއުރަ ކެނޑުން އޮއްނާނީ 21 ފެބްރުއަރީ 2022 (ހޯމަ) ދުވަހުގެ 11:00، ދެވަނަ ސިޓީއުރަ ކެނޑުން އޮއްނާނީ 22 ފެބްރުއަރީ 2022 (އަންގާރަ) ދުވަހުގެ 11:00 ޖަހާއިރުއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ފެބްރުއަރީ 2022 (ހޯމަ) ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv