ބީލަން
ނަންބަރު: (IUL)425-A2/1/2022/45
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 18:10
ސުންގަޑި: 17 ފެބުރުވަރީ 2022 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓި ކައުންސިލްގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރުމުގެ އަމަލީ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމާ ގުޅޭ

މާލޭސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މުޅި މާލޭސިޓީ ކައުންސިލްގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރަންވަނީ ނިންމާފައެވެ. މި މަސައްކަތް އަމަލީގޮތުން ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ ތެރޭގައި މި ކައުންސިލްގައި ބޭނުންކުރަމުން ގެންގޮސްފައިވާ ހުރިހާ ލިޔެކިޔުންތައް ސްކޭން ކުރުމާއި، ޗެކްކުރުން، އަދި ސަރވަރގައި ސްޓޯކުރުމާއި ނޯމަލައިޒް ކުރުންވެސް ހިމެނޭނެއެވެ.

 ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

09 ފެބްރުއަރީ 2022

11:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

17 ފެބްރުއަރީ 2022

11:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 
  • އިތުރު މަޢުލޫމާތު: 

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025487   / އީމެއިލް: bids@malecity.gov.mv

07 ފެބުރުވަރީ 2022