ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު :IUL)RDC/RDC/2022/12)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ށ. މިލަންދޫ ކުޑަކުދިންގެ ޕާރކު ހެދުމުގެ މަޝްރޫއުގައި ހިމެނޭ ސާރވޭ ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ފަރާތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ށ. މިލަންދޫ ކުޑަކުދިންގެ ޕާރކު ހެދުމުގެ މަޝްރޫއުގައި ސާރވޭ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިޔަށް ގެންދެވޭނެއެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތް ތަކުން 13 ފެބްރުއަރީ 2022 (އާދީއްތަ) ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގަންނަވަންވާނެއެވެ.
- ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަށް ބައްދަލުވުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިނުވެވޭ ފަރާތް ތަކަށް ވެސް، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ފަހު ބިޑް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.
- މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 15 ފެބްރުއަރީ 2022 (އަންގާރަ) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.
- ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.
- އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 17 ފެބްރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރައްވަން ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު އީމެއިލް މެދުވެރިކޮއް ކުރެވޭނެއެވެ.
- ސުވާލުތަކުގެ ޖަވާބު ފޮނުވޭނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.
- މި ބިޑަކީ 2 ސިޓީއުރަ ހުޝަހަޅާ ބިޑެކެވެ. ފުރަތަމަ ސިޓީއުރައިގައި އެކުލެވެނީ ޓެކްނިލަލް ޕުރޮޕޯސަލްއެވެ. ދެވަނަ ސިޓީއުރައިގައި އެކުލެވެނީ ފައިނޭންސަލް ޕުރޮޕޯސަލްއެވެ. ފުރަތަމަ ސިޓީއުރަ ކެނޑުން އޮއްނާނީ 23 ފެބްރުއަރީ 2022 (ބުދަ) ދުވަހުގެ 11:00، ދެވަނަ ސިޓީއުރަ ކެނޑުން އޮއްނާނީ 24 ފެބްރުއަރީ 2022 (ބުރާސްފަތި) ދުވަހުގެ 11:00 ޖަހާއިރުއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ފެބްރުއަރީ 2022 (ބުދަ) ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv