ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2022/57
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި:
15 ފެބުރުވަރީ 2022 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފާމަސީއެއް ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ
ރ.މީދޫއިން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ގްރައުންޑް ފްލޯއިން ފާމަސީއެއް ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ
ޝަރުތުތައް:
- ގްރައުންޑް ފްލޯގައި ހުރި ތަނެއްކަމުގައިވުން
- 200 އަކަފޫޓަށްވުރެ ކުޑަނުވާ ތަނެއްކަމުގައިވުން
- ރ.މީދޫ ހެލްތު ސެންޓަރ ކައިރިން، ބޮޑުމަގަކުން ވަދެ ނިކުމެވޭ ގޮތަށް ހުރުމާއި އެކު، ކުއްޔަށްދޫކުރާ ތަނަކީ މިހާރުން މިހާރަށް ބޭނުން ކުރެވޭނެފަދަ ހާލަތެއްގައި ހުރި އިމާރާތެއް ކަމުގައިވުން.
- ކަރަންޓު ވަކިކުރެވިފައި ހުރި ތަނެއްކަމުގައި ވުން.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ފެބްރުއަރީ 15 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އަގު ކަރުދާސް (ކޯޓޭޝަން) އަދި، ތަނުގެ ފޮޓޯ Admin Properties <admin.properties@sto.mvއަށް ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާފަރާތަކާއިއެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
10 ފެބުރުވަރީ 2022