ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އޮޑިޓަރ |
ޑިޕާޓްމަންޓް: |
އިންޓާނަލް އޮޑިޓް |
ބޭނުންވާ ޢަދަދު: |
01 |
މަސްޢޫލިއްޔަތު: |
ކުންފުނީގެ އިންޓާނަލް އޮޑިޓްތައް ކުރުން ކުންފުނީގެ އެކިއެކި މަސައްކަތްތައް މޮނިޓަރ ކުރުން އަދި ރިވިއުކުރުން |
ޝަރުތުތައް: |
އޭ.ސީ.ސީ.އޭ ލެވެލް 2 ފުރިހަމަކޮށްފައިވުން ފިނޭންސް އަދި އެކައުންޓިން ދާއިރާއިން ޑިގްރީ ސެޓިފިކެޓް އޮތުން މަސައްކަތާއި ގުޅުންހުރި ދާއިރާއިން 3 އަހަރުގެ ތަޖުރިބާ ހުރުން |
މުސާރަ: |
20،000ރ އާއި 21،000ރ ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ހެޑް އޮފީސްއިންކަން ދަންނަވަމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.