ދިވެހިރާއްޖެ
މިމިނިސްޓްރީއަށް 1 (އެކެއް) އަހަރު ދުވަހަށް 5000 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް (އެއްތަނުން ނުލިބެންޏާ އެކި ތަން ތަނަށް ބަހާލައިގެން ނަމަވެސް) ކުއްޔަށް ދޫކުރާނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 23 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން bid.secretariats@planning.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ފެބްރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލްޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.