ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ
ބ.ގޮއިދޫ / ދިވެހިރާއްޖެ.
(IUL)325-A/325/2022/7 :ނަމްބަރު
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން.
ޤާނޫނު ނަމްބަރ: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ގެ 107 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ފެބްރުއަރީ މަހު ބާއްވާ ޢާންމު ބައްދަލުވުން 28 ފެބްރުއަރީ 2022 ވާ ހޯމަދުވަހުގެ 20:45 ގައި ޕްރީ ސްކޫލްގެ އީ ސެންޓަރ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯރޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯރޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މި ބައްދަލުވުމަށް އެންމެހައި ބޭފުޅުންނަށް ދަޢުވަތު އަރުވާ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާނު ކުރީމެވެ.